14 Nov 2016, 12:46
ގާއިމުކުރަން ޖެހޭ ހުރިހާ ނިޒާމުތަކާއި، ފުރިހަމަކުރަން ޖެހޭ އިންތިޒާމުތައް ފުރިހަމަ ކުރުމަށް ޓަކައި، މާދަމާ ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި އޮތް އައްޑޫ ސިޓީގެ ގަން އިންޓަނޭޝާނަލް އެއާޕޯޓު ހުޅުވުން ފަސްކޮށްފި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހްމަދު ސައީދު މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ބޭސް އަދި ރަންވޭގެ މަސައްކަތްތައް ނިމި، އެ އެއަޕޯޓަށް މި ހަފްތާގައި އޭރޯޑްރޯމް ސެޓިފިކޭޝަން ލިބޭނެ ކަމަށާއި ނޮވެމްބަރު 15 ވަނަ ދުވަހު އެއާޕޯޓު ރަސްމީކޮށް ހުޅުވާނެ ކަމަށެވެ.
ނަމަވެސް އިބްތިޝާމާ މިއަދު "ސަން" އަށް ވިދާޅުވީ، އެއާޕޯޓުގައި ގާއިމުކުރަން ޖެހޭ ބައެއް ޚިދުމަތްތަކާއި އިންތިޒާމުތަކެއް ގާއިމު ކޮށްފައި، މުޅި އެއާޕޯޓު ފުރިހަމަ ކުރުމަށް ފަހު ހުޅުވުމަށް ޓަކައި، ގަން އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުން ފަސްކޮށްފައިވާ ކަމަށެވެ.
"ފުރިހަމަ ބޯޑަރު ކޮންޓްރޯލް ސިސްޓަމާއި އެހެން ސަޕޯޓް ސާވިސްތައް ވެސް ގާއިމުކޮށްފައި، ފުރިހަމަ ކުރުމަށް ފަހު އެއާޕޯޓު ހުޅުވުމަށް ޓަކައި، އަޅުގަނޑުމެން ވާނީ މާދަމާ ބޭއްވުމަށް ރޭވި ހުޅުވުމުގެ ރަސްމިއްޔާތު ފަސްކޮށްފައި،"
އިބްތިޝާމާ ވިދާޅުވީ އެ ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށާއި، ވީހާ ވެސް އަވަހަކަށް އެއާޕޯޓު ހުޅުވާނެ ކަމަށެވެ.
އޭއައިއޭގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ ވިދާޅުވި ގޮތުގައި، އެއާޕޯޓު ހުޅުވާ އިރު ހުޅުވާނީ ބައިނަލްއަގުވާމީ ޝެޑިއުލް ފްލައިޓުތަކުގެ ވެސް ފަށާ ގޮތަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ބޭސް -- ފޮޓޯ/ އޭއައިއޭ
"ސަން" އަށް އެނގިފައިވާ ގޮތުގައި، މާދަމާ ބާއްވަން އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް އެއާޕޯޓު ހުޅުވުން ފަސްކުރުމާ އެކު އެމަނިކުފާނުގެ ދަތުރުފުޅު ވެސް ވަނީ ފަސްކުރައްވައިފަ އެވެ.
ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު "ސަން" އަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އައްޑޫއަށް ވަޑައިގަންނަވަން އުޅުއްވައޭ ރައީސް އޮފީހުން ވެސް ހާމަކޮށްފައި ނުވާ ކަމަށާއި،
މިދިޔަ ހަފްތާގައި ލަންޑަނުގައި ކުރިޔަށް ދިޔަ ވޯލްޑް ޓްރެވަލް މާކެޓުގައި ވަނީ، ގަން އެއާޕޯޓުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސްއިން ތަރައްގީ ކުރި އެވެ.
މީގެ އިތުރުން، ގަން އެއާޕޯޓުގައި ފުރިހަމަ ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން، އަންނަ ޑިސެމްބަރު މަހު ގަމަށް ޝެޑިއުލް ދަތުރުތައް ފަށަން ހަމަޖެހިފައި އޮތް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ވެސް މަޑުޖައްސާލުމަށް ވަނީ އަންގައިފައެވެ.