14 Nov 2016, 00:22
ހުޅުމާލޭގައި ހިންގާ ރެޑްވޭވް ފިހާރައާ އެކު ހުޅުވަންޖެހޭ ކެފޭ، "ރެޑްވޭވް ކެފޭ"ގެ ނަމުގައި ހުޅުވައިފިއެވެ.
ރެޑްވޭވް ކެފޭ ހުޅުވައިދެއްވީ، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުނިސިޕަލް ސާވިސް ޑިރެކްޓަރ އިސްމާއިލް ޝާން ރަޝީދެވެ.
ހުޅުމާލޭ ރެޑްވޭވް ފިހާރައިގެ މަތީގައި ހުޅުވި ރެޑްވޭވް ކެފޭގައި އެއްފަހަރާ 40 މީހުނަށް ޚިދުމަތް ދެވޭ ޖާގަ އޮވެއެވެ.
ރެޑްވޭވަކީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަހްމަދު ސަލީމްގެ ކުންފުންޏެކެވެ. ރެޑްވޭވުން ހުޅުމާލޭގައި ފިހާރައެއް ހުޅުވީ މިއަހަރުގެ ކުރީކޮޅެވެ. އަދި އެ ފިހާރައާ އެކު ރެޑްވޭވުން ކެފޭއެއްވެސް ހުޅުވަން ޖެހެއެވެ.
ރެޑްވޭވް ހުޅުމާލެ ފިހާރަ އަދި ކެފޭ ހުންނަ އިމާރާތް---ސަން ފޮޓޯ: މުހައްމަދު އަފްރާހް
ވެރިކަން ކުރާ ޕީޕީއެމްގައި ޚިޔާލު ތަފާތުވުންތަކަކާ އެކު ދެ ފެކްޝަނެއް އުފެދުނު އިރު، ސަލީމްއާއި ރެޑްވޭވް ކުންފުނީގެ ޖެނެރަލް މެނޭޖަރު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ނިންމެވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރެއްވުމަށެވެ. ޝުޖާއު، ރައީސް މައުމޫން ފެކްޝަނުގެ ތަރުޖަމާނުކަމުގައި ވެސް ހުންނެވިއެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، ރެޑްވޭވް ކެފޭ ހުޅުވަންޖެހޭ މުއްދަތަށް ނުހުޅުވާ އޮތުމުން ކެފޭއާއި ފިހާރަ އަތުލާނެ ކަމުގެ އިންޒާރު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދިނުމުން، ރެޑްވޭވުން ވަނީ ކެފޭ ހުޅުވުމަށް ކުރަންޖެހޭ ކަންކަމާއި ހުއްދަތައް އަވަހަށް ހޯދައި ނިންމުމަށް މަސައްކަތް ކޮށްފައެވެ.
އެޗްޑީސީން ރެޑްވޭވަށް ފޮނުވި ސިޓީގައި "... ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ކެފޭ ހުޅުވަން ޖެހޭނެ" ކަމަށް އަންގާފައިވާތީ، ކެފޭ ހުޅުވުމަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށް ރެޑްވޭވްގެ ވެރިޔާ ސަލީމް މިދިޔަ ހަފްތާގައި ވިދާޅުވިއެވެ.
ސަލީމް މިދިޔަ ހަފްތާގެ ކުރިން ރައީސް އަބްދުﷲ ޔާމީނަށް ވަނީ ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ. އެގޮތުން، ގައުމީ މަސްލަހަތު އެއްފަރާތްކޮށް މެމްބަރުންނަށް ބިރުދައްކައިގެން ރައީސް ޔާމީން ބޭނުންވާ ގޮތަށް ގާނޫނުތައް ފާސްކުރުވާފައިވާ ކަމަށް ސަލީމް ވިދާޅުވެފައިވެއެވެ.
ރާއްޖޭން ބޭރު މީހުންނަށް ރާއްޖޭގެ ބިންތައް މިލުކުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަކީ މަޖިލީހުގެ މެމްބަރުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެއްކަމަށް އެ އިސްލާހު މަޖިލީހަށް ހުށަހެޅި އިރު ވެސް އޭނާ ވަނީ ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވުމުގެ ބާރު އޭރު ނެތް ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ގޮސް، ރެޑްވޭވްގެ ވިޔަފާރިއަށް ފިއްތުންތަކެއް ކުރިމަތިވާން ފެށުމުން ސަލީމް އަދި ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ވަނީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ގުޅިވަޑައިގެން، ރައީސް މައުމޫނުގެ ފެކްޝަން ދޫކޮށްލައްވާފައެވެ.
އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި، ޝުޖާއުއާއި ސަލީމް ސަރުކާރަށް ތާއީދު ކުރެއްވުމަށް ައެވެ.