ވެރިކަން ކުރާ ޕީޕީއެމްގެ މައުމޫން ފެކްޝަނުގެ ކަން ކުރައްވާ އައިމިނަތު ނާދިރާ މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ނާދިރާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެންދުރު 1:30 އަށެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ނާދިރާ ވިދާޅުވީ، އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ.

އެހެން ނަމަވެސް އެއީ ކޮން މައްސަލައެއްކަން ފުލުހުން ހާމަކޮށްފައި ނުވާކަމަށް ނާދިރާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނުގެ ޚިޔާލު ތަފާތުވެ، ޕާޓީ ދެބައިވެ ދެ ފެކްޝަނެއް އުފެދިފައިވާ ދަނޑިވަޅުގައި، ދެ ފެކްޝަނުގައި ވެސް ޕާޓީގެ ދެ ކައުންސިލެއް އޮވެއެވެ.

ޕީޕީއެމްގެ ކައުންސިލުގައި ވެސް ހިމެނިވަޑައިގަންނަވާ ނާދިރާ، ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓަރުކަމުގައި މީގެ ކުރިން ހުންނެވި އިރު، ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ފާޑު ވިދާޅުވާން ފެށުމުންނެވެ.

ނާދިރާ ސޯޝަލް މީޑިއާގައި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޚިޔާޅު ފާޅުކޮށް، ވާހަކަ ދައްކަން ފެށުމުން ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން އެ މައްސަލަ ބަލައި، އޭނާ އެޕާޓީއިން ވަކިކުރުމަށް ނިންމި އިރު، އިލެކްޝަންސްއިން ވަނީ ނާދިރާގެ ނަން ޕީޕީއެމްގެ ދަފްތަރުން ވެސް އުނިކޮށްފައެވެ.

ނަމަވެސް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ގޮތުގައި، ނާދިރާ ޕާޓީއިން ވަކިކުރަން ނިންމި ނިންމުން ނިންމީ ެވެ.

ނާދިރާ ޕީޕީއެމްއިން ވަކިކުރި މައްސަލަ އޭނާގެ ފަރާތުން ވަނީ އެވެ.