އައިޑީޑީ ބޭނުންކޮށްގެން ބަންގްލަދޭޝަށް 0.69 ރުފިޔާއަށް ގުޅޭ ގޮތް އުރީދޫއިން މިއަދު ހަމަޖައްސައިފިއެވެ.

މިއީ ރާއްޖޭން ބަންގްލަދޭޝަށް ގުޅޭނެ އެންމެ ހެޔޮ އަގެވެ.

އުރީދޫން މިއަދު ބުނި ގޮތުގައި، ނޮވެމްބަރު މަސް ނިމުމާ ހަމައަށް އުރީދޫން ކުރިޔަށް ގެންދާ މި އޮފަރގެ ބޭނުން ކުރެވޭނީ ފޯނު ނަމްބަރުގެ ކުރިއަށް 011 އަދި 880 ޖަހައިގެން ގުޅުމުންނެވެ.

އުރީދޫން ބުނީ މި އޮފަރގެ ދަށުން ކުރާ ކޯލުތަކުގެ ފުރަތަމަ މިނެޓަށް ޗާޖުކުރާނީ 0.84 ރުފިޔާ ކަމަށާއި، ފުރަތަމަ މިނިޓަށްފަހު ދެން ކޮންމެ މިނިޓަކަށް ޗާޖުކުރާނީ 0.69 ރުފިޔާ ކަމަށެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ވަޒީފާ އަދާކުރަމުން ދާއިރު، ބަންގްލަދޭޝްގައި ބައެއް ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރަމުން ވެސް ދެއެވެ.