ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީނަށް އިންޒާރުދީ މީހަކު ފޭސްބުކު ސްޓޭޓަސްއެއް ލިޔެފައިވާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާއާ ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.

އެކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހަކަށް އިންޒާރުދިން މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށާއި އެ މައްސަލައިގެ އިތުރު ތަފްސީލު އަދި ދެވެން ނެތް ކަމަށެވެ.