އިސްލާމްއާބާދު (ނޮވެމްބަރު 13): ޕާކިސްތާނުގެ ހުޅަނގުދެކުނުގައި އޮންނަ ބަލޮޗިސްތާނުގެ ސޫފީ މުސްލިމުންގެ ފައްޅިއެއްގައި އެއްޗެއް ގޮއްވާލައި 52 މީހަކު މަރާލައިފި އެވެ.

އޮފިޝަލުން ބުނި ގޮތުގައި އިއްޔެ އެ ހާދިސާ ހިނގާފައި ވަނީ އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައި ވަނިކޮށެވެ. އަދި އެ ހަމަލާގައި 52 މީހަކު މަރުވުމުގެ އިތުރުން 100 މީހަކަށް އަނިޔާވެފައިވެ އެވެ.

އެފައްޅި ހުންނަނީ ފަސޭހަކަމާ އެކު އެމްބިއުލާންސުތަކަށް ދެވޭ ސަރަހައްދެއްގައި ނޫން ކަމުން އެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެހެންކަމުން ޕާކިސްތާނު އަސްކަރިއްޔާ އިން މިހާރު ދަނީ އަނިޔާވެފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންދިޔުމަށް ހެލިކަޕްޓަރު ބޭނުން ކުރަމުން ކަމަށް އަސްކަރިއްޔާ އިން ބުންޏެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި އަމާގް ނޫސް އޭޖެންސީ މެދުވެރިކޮށް އައިއެސް އިން ވަނީ އެހަމަލާގެ ޒިންމާ ނަގާފަ އެވެ. މިދިޔަ މަހު އެޖަމާއަތުން ވަނީ ޕާކިސްތާނުގެ ފުލުހުންގެ އެކަޑަމީއަކަށް ހަމަލާދީ 61 މީހަކު މަރާލާފަ އެވެ. (ބީބީސީ)