13 Nov 2016, 12:00
އެމްޑީޕީ ސަރުކާރުގެ ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި ޒުހެއިރު ކޯޓަށް ހާޒިރުކުރަނީ ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ސާބިތުވެ ސިވިލްކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމަށެވެ.
މިހާތަނަށް ކުރި މަސައްކަތުން ޒުހެއިރު ކޯޓަށް ހާޒިރު ނުކުރެވޭ ކަމަށް ބުނެފައިވާއިރު އޭނާ ދިރިއުޅެނީ ސްރީ ލަންކާގައެވެ.
ޒުހައިރުގެ އިތުރުން ގދ. ގައްދޫ، ކާށިދޫގެ ޢަލީ މުޙައްމަދު އާއި މ. މަޑުއްވަރި، ހަވީރީނާޒް މުޙައްމަދު އިޝާމް ވެސް ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން ދަނީ އެމީހުންވެސް ހޯދަމުންނެވެ.
އެމީހުން ކޯޓަށް ހާޒިރު ކުރަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.