13 Nov 2016, 11:52
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ވިހުމަށް ފަހު ދަރިފުޅު ދޫކޮށް ފިލި މަންމަ އަދި ވެސް ހައްޔަރު ނުކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ މަހު 19 ވަނަ ދުވަހު ވިހެއި އަންހެން މީހާ ފިލުމުން ކުއްޖާ ބަލަނީ ޖެންޑާ މިނިސްޓްރީންނެވެ. އެ ކުއްޖާގެ ފޯމްތައް ވެސް ނުފުރަނީސް މަންމަ ފިލުމުން އާއިލާއާ ގުޅޭ ގޮތް ވެސް ނުވި ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ އަންހެންމީހާ އަދި ހައްޔަރުކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެ ތުއްތު ފިރިހެން ކުއްޖާއަކީ ދުވަސް ނުފުރާ ވިހާފައިވާ ކުއްޖަކަށްވުމުން އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެއަންހެން މީހާ ވިހީ ދުވަސް ނުފުރަ އެވެ. އައިޖީއެމްއެޗްއިން އެފިރިހެން ކުއްޖާއަށް ފަރުވާދެމުންދާ އިރު ކުއްޖާ ބަލަހައްޓަނީ ޖެންޑާއިންނެވެ.
އެފަދަ އެތައް ކުދިންނެއް ޖެންޑާގެ ބެލެމުގެ ދަށުން މިވަގުތު ވެސް ކުޑަކުދީންގެ ހިޔާގައި ދަނީ ބަލަހައްޓަމުންނެވެ.