13 Nov 2016, 14:40
ރިއޯޑި ޖެނީރިއޯ، (ޒިންހުއާ) – ގާނޫނީ ހުއްދައެއް ނެތި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ މީހުން މަރާލިކަމުގެ ކުށުގެ ބްރެޒިލްގެ "ޑެތް ސްކޮޑް" އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން އުވާލައިފި އެވެ.
ހިންގި ހާއްސަ ތަހުގީގަކަށް ފަހު ބްރެޒިލްގެ ފެޑެރަލް ފުލުހުން ބުނި ގޮތުގައި، އެ މީހުންނަކީ ބްރެޒިލްގެ މެދުތެރޭގައި އޮންނަ ގޯއެސްގައި 2010 ވަނަ އަހަރުން ފެށިގެން މަރާލާފައިވާ މީހުންނެވެ.
ގާނޫނީ ހުއްދައެއް ނެތި މަރާލި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ޅަކުދިންނާއި އަންހެނުން ވެސް ހިމެނޭ ކަމަށް އެ ތަހުގީގު ރިޕޯޓުގައި ފަޅާއަރާފައިވެ އެވެ.
ފެޑެރަލް ފުލުހުން ބުނީ، ގާނޫނީ ހުއްދައެއް ނެތި މީހުން މަރާފައި ވަނީ އަސްކަރީ ފުލުހުންގެ ބައެއް ކަމަށާއި ނަމަވެސް އެމީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ފުލުހުންނާ ހިނގި ކުރިމަތިލުމެއްގެ ތެރެއިން ކަމަށެވެ.
އެކަމާ ގުޅިގެން ގޯއެސްގެ އަސްކަރީ ފުލުހުންގެ އިސް ބައެއް މެމްބަރުންނާއި ބައެއް ލޯޔަރުން ހައްޔަރުކުރުމަށް ވެސް ވަނީ ކޯޓު އަމުރެއްނެރެފަ އެވެ.