12 Nov 2016, 21:46
ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މޫދު ކަސްރަތުގެ ހަރަކާތެއް ކަމަށްވާ "ވޯލްޑްވައިޑް އެކުއަތޯން ޑޭ" ގައި ރާއްޖޭގެ 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެ، ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މީގެ ހަތަރު އަހަރު ކުރިން ފެށިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާ އެކުއަތޯން މޫދު ކަސްރަތު ހަރަކާތަކީ ފެނުގެ ކަސްރަތުތަކަށް މީހުން ދާއިމީ ގޮތެއްގައި އަހުލުވެރި ކުރުމާއި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރުމާއި ހިތްހަމަޖެހޭ އުފާވެރި މާހައުލެއްގައި ކަސްރަތުކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ.
އެގޮތުން މިއަހަރުގެ ހަރަކާތުގައި ދުނިޔޭގެ 78 ގައުމެއްގައި 235 ސަރަހައްދެއްގައި އެއް ދުވަހެއްގައި އެ ހަރަކާތް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. އެ ހަރަކާތުގައި ރާއްޖޭން ބައިވެރިވި މިއީ ދެވަނަ އަހަރެވެ. މިދިޔަ އަހަރު އެ ހަރަކާތް ހުޅުމާލޭގައި ފާހަގަކުރީ ގްލޯފިޓާއި ޑައިބެޓީސް އެސޯސިއޭޝަންއާ ގުޅިގެންނެވެ.
މިއަހަރުގެ ހަރަކާތް އިންތިޒާމް ކުރި ގްލޯފިޓުގެ ޖެނެރަލް މެނޭޖަރު އާޝިޔަތު ސައީދު ވިދާޅުވީ، މާލޭގެ އާޓިފިޝަލް ބީޗުގެ އިތުރުން ރާއްޖޭގެ ގާތްގަނޑަކަށް 17 އަތޮޅެއްގެ 22 ރަށެއްގައި މިއަހަރުގެ ހަރަކާތް ކުރިއަށްގެންދިޔަ ކަމަށެވެ.
ހަރަކާތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ގާތްގަނޑަކަށް 1100 މީހުން ބައިވެރިވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކަސްރަތުކުރާ އިންސްޓްރަކްޓަރުން އުފެއްދުމަށާއި ކަސްރަތުކުރުމަށް މީހުން ޝައުގުވެރިކަމާ ލޯބި އިތުރުކުރުމަށް 2009 ވަނަ އަހަރު އުފެދިގެން އައި ގްލޯފިޓަކީ ދުޅަހެޔޮ ސިއްހަތަކަށް އަމަލުތައް ބައްޓަންކުރުމަށްޓަކާ މައުލޫމާތާއި ހޭލުންތެރިކަން އިތުރުކޮށްދީ މީހުން ކަސްރަތު ކުރާހިތުން ކުރުމަށް ބާރު އެޅުވުމެވެ.
ޚަބަރާ ގުޅޭ އިތުރު ޯ