Last Updated: 9 year 2 week ago
Last Updated:
9 year 2 week ago
މިނިވަން ޗެމްޕިއަންޝިޕް ފައިނަލް މެޗު: (ފުލްޓައިމް) ތިމަރަފުށި 0-1 އޭދަފުށި
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ތ. ތިމަރަފުށްޓާއި ބ. އޭދަފުށި ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
މިރޭގެ މެޗަށް ދެ ޓީމު ނުކުންނައިރު:
ފައިނަލަށް ތިމަރަފުށި ދަތުރުކޮށްފައި ވަނީ ސެމީ ފައިނަލުގައި ދ. ކުޑަހުވަދޫ ބަލިކުރުމަށްފަހު.
- ފައިނަލަށް އޭދަފުށި ދަތުރުކޮށްފައި ވަނީ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫގެ މައްޗަށް ކުރި ހޯދައިގެން.
- ތިމަރަފުށްޓާއި އޭދަފުށްޓަކީ އަތޮޅު އަދި ޒޯން ބުރުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ދެ ޓީމު.
އޭދަފުށިން ޗެމްޕިއަކަން ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ދިހަ ވަނަ މިނެޓުގައި އެ ޓީމުގެ ސާމީ އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑުން.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެއްޖެ. ފުރަތަމަ ހާފުގައި ތ. ތިމަރަފުށީ ކޮޅަށް ޖެހި ލަނޑާއެކު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބ. އޭދަފުށީގެ ޓީމު.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓް.
"90- އޭދަފުށިން ބަދަލެއް. ހުސައިން ޝިފާހުގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ސުޖާއު.
"89- ތިމަރަފުށްޓަށް ރަނގަޅު ފުރުސަތެއް. އަޒުހަދު ދިން ބޯޅައަކުން އޭދަފުށީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަހްމަދު ހައިލަމް އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
"86- ތިމަރަފުށިން ބަދަލެއް. އަބްދުﷲ ޝަރީﷲްގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ތޯހިރު.
84"- ކައުންޓާ އެޓޭކެއްގައި ތިމަރަފުށީގެ އަޒުހަދު އޭދަފުށީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނުރައްކާ ކުރަން އުޅުނު ނަމަވެސް، އޭގެ ކުރިން ތިމަރަފުށީގެ ޑިފެންޑަރުން އެ ބޯޅަ ހޯދައިފި.
"81- އޭދަފުށްޓަށް ރަނގަޅު ފުރުސަތެއް. މުހައްމަދު ފާސިރު ނަގައިދިން ހުރަހަކުން ތިމަރަފުށީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ، ހުސައިން ޝިފާހު ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
"80- ތިމަރަފުށީގެ ހާފްގެ ތެރެއިން އެ ޓީމުގެ ގުއަޓަރީ އަބްދުލް ކާދެރް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ރީނދޫ ކާޑެއް ދައްކައިފި.
ތިމަރަފުށީގެ ބިދޭސީ މިޑްފީލްޑަރު ގުއަޓަރާ އަބްދުލް ކާދެރް އަކީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ފެނުނު ކުޅުންތެރިއެއް.
"73- ތިމަރަފުށިން ބަދަލެއް. އަމީން ޝާހުގެ ބަދަލުގައި ކުޅެން ނުކުތީ ހުސައިން ސިނާހު.
"71- އޭދަފުށިން ބަދަލެއް. އަހްމަދު ހުމައިދުގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު ޝިމާން.



އޭދަފުށީގެ ގޯލް ބަލަހައްޓަމުންދަނީ ކުރިން އެއް ވަނަ ޑިވިޝަންގެ ކްލަބުތކަަކުން ފެނުނު ކީޕަރު ޒިޔަޒަން. އޭނާ ކުޅުނު ކްލަބުތަކުގެ ތެރެއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގައި ދެއްކި ކުޅުން ފާހަގަކޮށްލެވޭ.
"52- ތިމަރަފުށްޓަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް. އަބްދުﷲ ޝަރީފް ދިން ބޯޅައަކުން އޭދަފުށީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޮފޯރީ ނުރައްކާކުރުމުގެ ކުރިން ކީޕަރު ޒިޔަޒަން ވަނީ އެ ބޯޅަ ހޯދާފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށީ އޭދަފުށުން.
މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ ފަސް މިނެޓުގައި ތިމަރަަފުށިން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް، އޭގެފަހުން އޭދަފުށިން ކުޅުން ރަނގަޅުކޮށް ލަނޑެއްޖަހައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވޭ. މެޗުގެ ފުރަތަމަ ހާފުގައި ތިމަރަފުށްޓަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވޭ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، 1-0 ލަނޑުން ކުރީގައި އޮތީ އޭދަފުށި.
"42- އޭދަފުށީގެ ޕެނަލްޓީ އޭރިޔާ ބޭރުން ތިމަރަފުށީގެ އަޒުހަދު އަލި މަނިކު އުފެއްދި ހަމަލާ، ގޯލާ އަމާޒެއް ނުވި.
"41- އޭދަފުށްޓަށް އިތުރު ފުރުސަތެއް. ތިމަރަފުށީގެ ތިން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު، ތިމަރަފުށީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިޝާޏް އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
"40- އޭދަފުށްޓަށް ލިބުނު ހިލޭ ޖެހުމަކުން އިޝާން އިބްރާހިމް ފޮނުވާލި ހަމަލާ، ތިމަރަފުށީގެ ކީޕަރު ޝަރުހާން މަތަކޮށްފި.
"39- އޭދަފުށްޓަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ސާމީ ނަގައިދިން ހުރަހުން ޝިފާހު ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް.
"35- އޭދަފުށްޓަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް. އަބްދުލް މަޖީދު އިބްރާހިމް ދިން ބޯޅައަކުން ތިމަރަފުށީގެ ޕެނަލްޓީ އޭރިޔާ ތެރޭ، ހުސްކޮށް ހުރެ ހުސައިން ޝިފާހު އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި.
"29- ތިމަރަފުށީ ފޯވަޑް އޮފޯރީ އަށް ރީނދޫ ކާޑެއް.
"28- ތިމަރަފުށްޓަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ އަމީން ޝާހު އުފެއްދި ހަމަލާ، ކީޕަރު ޒިޔަޒަން މަތަކޮށްފި.
"27- އޭދަފުށީގެ ހާފްގެ ތެރެއިން އެ ޓީމުގެ ސާމީ އިބްރާހިމް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ވެސް ރީނދޫ ކާޑެއް ދައްކައިފި.
"25- ތިމަރަފުށީގެ އާދަމް ނާސިހު ފޮނުވާލި ބޯޅައިގައި ބާރެއް ނެތް. އެ ހަމަލާ އޭދަފުށީގެ ގޯލާ އަމާޒެއް ވެސް ނުވި.
މެޗުގެ ފުރަތަމަ ފަސް މިނެޓުތެރޭ ތިމަރަފުށިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެއަށްފަހު ރަނގަޅަށް ކުޅެމުންދަނީ އޭދަފުށިން.
މެޗުގެ ފުރަތަމަ ކާޑު އޭދަފުށްޓަށް. އެ ޓީމުގެ އަހްމަދު ހަނީފް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރީނދޫ ކާޑެއް ދައްކާފައި.
"14- އޭދަފުށީގެ އަބްދުﷲ އަބޫބަކުރު ނަގައިދިން ހުރަހަކުން ތިމަރަފުށީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިޝާން އިބްރާހިމް ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި.
އޭދަފުށްޓަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސާމީ އިބްރާހިމް. ދުރުން އޭނާ ފޮނުވާލި އެ ހަމަލާ ތިމަރަފުށީގެ ގޯލަށް ވަދެފައިވަނީ ކީޕަރު މުހައްމަދު ޝަރުހާންގެ ބޯމަތިން ގޯލުގެ ތިރީ ކަނަށް.
"10- އޭދަފުށިން ލަނޑު ޖަހައި ލީޑު ހޯދައިފި.
"5- ތިމަރަފުށްޓަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް. އޭދަފުށި ޕެނަލްޓީ އޭރިޔާ ތެރެއިން ޑަންކުއާ ޑޭވިޑް އޮފޯރީ ފޮނުވާލި ހަމަލާ އަމާޒުވީ އޭދަފުށީ ކީޕަރު އަބްދުﷲ ޒިޔަޒަންގެ އަތަށް.
މެޗުގެ ކުޅުން ފެށީ ތިމަރަފުށިން.
މެޗަށް ދެ ޓީމުގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންނަމުން އެބަދޭ.