ވޮޝިންޓަން (ނޮވެމްބަރު 12): އެމެރިކާގެ ރިޔާސީ އިންތިހާބު މިދިޔަ ހަފްތާގައި ބޭއްވުމުގެ ކުރިން އެ ގައުމުގެ ގިނަ މީޑިއާތަކުން ކުރިއަށް ގެންދިޔަ ގިނަ ހިޔާލު ހޯދުމުގެ ވޯޓުން ދެއްކި ގޮތުގައި ގައުމުގެ ވެރިކަމަށް ހޮވޭނީ ހިލަރީ ކްލިންޓަން އެވެ. ނަމަވެސް އަސްލު އިންތިހާބުގެ ނަތީޖާ ތަފާތު ވުމުން އެމެރިކާގެ އެންމެ ބޮޑު އެއް ނޫސް އޭޖެންސީ އިން ވަނީ ނަތީޖާ ލަފާ ކުރުމުގައި ނުބައިކޮށް ޖަޖު ކުރެވިފައިވޭ ތޯ ކިއުންތެރިން ކުރެން އަހައިފަ އެވެ.

ނިއު ޔޯކް ޓައިމްސްގެ ކިޔުންތެރިންނަށް އަމާޒުކޮށް އެނޫހުގެ ޕަބްލިޝާ، އާތާ ސަލްޒްބާގާ ޖޫނިއާ އާއްމު ކުރެއްވި ސިޓީއެއްގައި ބުނެފައި ވަނީ ޓްރަމްޕަކީ މީގެ ކުރިން އެމެރިކާގެ ވެރިކަމަށް ވާދަ ކުރެއްވި ބޭފުޅުންނާ "ތަފާތު" ބޭފުޅަކަށް ވުމުގެ ސަބަބުން އޭނާ އަށް އޮތް ތާއިދު ކުޑަ ކަމަށް ނިއު ޔޯކް ޓައިމްސް އާއި އެހެނިހެން ނޫސްތަކަށް ލަފާ ކުރެވުނީ ކަމަށެވެ.

އަދި ނިއު ޔޯކް ޓައިމްސް އިން އިންތިހާބު ކަވަރު ކޮށްފައި ވަނީ އެއްވެސް ފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާ އެއްކޮށް ކަމަށް ވިދާޅުވި ނަމަވެސް، ނިއު ޔޯކް ޓައިމްސް އިން "އެއްވެސް ބިރަކާއި ނުލައި އެއްވެސް ފަރާތަކަށް ނުޖެހި އެމެރިކާއަށާއި ދުނިޔެއަށް ރިޕޯޓު ކުރުމަށް އަނެއްކާ ވެސް ހުސްވާނެ" ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މީޑިއާ ކޮލަމިސްޓު ޖިމް ރުޓެންބާގް ވިދާޅުވި ގޮތުގައި ނިއު ޔޯކް ޓައިމްސްގެ ގިނަ ރިޕޯޓަރުން ފެނުނު ގޮތުގައި ޓުރަމްޕަކީ "އާދަޔާ ހިލާފު، އަދި ނުރައްކާތެރިވުން ވެސް އެކަށީގެންވާ ކެނޑިޑޭޓެކެވެ." އަދި އޭގެ ސަބަބުން ގިނަ ނޫސްތަކުން އިންތިހާބު ރިޕޯޓުކޮށްފައި ވަނީ ޓްރަމްޕާ ދެކޮޅަށް އަދި ކްލިންޓަންއަށް ތާއިދުކޮށްފައި ކަމަށް ނިއު ޔޯކް ޓައިމްސްގެ ކޮލަމިސްޓް މައިކެލް ގުޑްވިލް ވިދާޅުވި އެވެ.

ނަމަވެސް ހިލަރީ އަށް ވެރިކަން ނުލިބުނީ ވޯޓު މަދުވުމުން ނޫން ކަމެވެ. ހިލަރީ އިންތިހާބު ނުވީ އެމެރިކާގައި ގެންގުޅޭ އިލެކްޓޯރަލް ކޮލެޖް ނިޒާމުގެ ސަބަބުންނެވެ. އެނިޒާމުގެ ދަށުން ރިޔާސީ އިންތިހާބުގެ ކުރިން ކޮންމެ ސްޓޭޓަކުން "އިލެކްޓަރުން"ތަކެއް ހަމަޖައްސަ އެވެ. އަދި އެސްޓޭޓަކުން ގިނަ ވޯޓު ލިބޭ ކެނޑިޑޭޓަކަށް ހުރިހާ އިލެކްޓޯރަލް ވޯޓު ކާމިޔާބު ވާނެ އެވެ. އިލެކްޓަރުން ހަމަޖައްސަނީ އެސްޓޭޓެއް ތަމްސީލު ކުރާ ގާނޫނު ހަދާ މަޖިލިސް މެމްބަރުންގެ އަދަދަށެވެ. އެހެންކަމުން ބައެއް ސްޓޭޓުތަކުގައި އިލެކްޓަރުން މަދުވެފައި އެހެން ސްޓޭޓުތަކުގައި އިލެކްޓަރުން ގިނަ ވާނެ އެވެ. ވީމާ ރިޔާސީ އިންތިހާބުގައި ތާއިދު ލިބޭ ސްޓޭޓުތަކުގެ ގޮތުން ވެސް ނަތީޖާ ބަދަލު ވެދާނެ އެވެ.