އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ޓާޓާ ގްރޫޕުގެ ޗެއާމަންކަމުން ވަކިކުރި ސައިރަސް މިސްޓްރީ، ޓާޓާގެ އެހެނިހެން ސަބްސިޑަރީ ކުންފުނިތަކުގައި އަދާ ކުރައްވަމުން ދިޔަ މަގާމުތަކުން ވެސް ވަކިކުރަން ފަށައިފި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ މެދުތެރޭގައި، ޓާޓާގެ ޗެއާމަންކަމުން ވަކިކޮށް، އެ މަގާމަށް ޓާޓާގެ ކުރީގެ ޗެއާމަން ރަތަން ޓާޓާ ވަނީ ހަމަޖައްސާފައެވެ. ސައިރަސް ވަކިކުރީ އެއްވެސް ސަބަބެއް ނާންގައެވެ. އެހެން ނަމަވެސް ސައިރަސް ޓާޓާ ކުންފުނީގެ ބޯޑު މެމްބަރުންނަށް އެކި ކަހަލަ ތުހުމަތުތައް ކޮށް، ޓާޓާގެ ބޯޑަށް ފޮނުވި ސިޓީއެއް ލީކުވި މައްސަލަ ބޮޑުވެ، ޓާޓާއިން ވަނީ ބަޔާނެއް ނެރެ، މަގާމުން ވަކިކުރީ ބޯޑަށް އިތުބާރު ގެއްލިގެން ކަމަށް ބުނެފަ އެވެ.

ޓާޓާގެ ކޮންސަލްޓަންސީ ކުންފުނި ޓާޓާ ކޮންސަލްޓަންސީ ސާވިސެސް (ޓީސީއެސް)ގެ ޗެއާމަންކަމުން ސައިރަސް މިސްޓްރީ މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރި އިރު، ޓާޓާ ގްރޫޕުން މިހާރު މަސައްކަތް ކުރަމުން ދަނީ ޓާޓާ މޮޓޯސް، ޓާޓާ ކެމިކަލްސް އަދި ޓާޓާ ސްޓީލް ފަދަ ބޮޑެތި ކުންފުނިތަކުގެ ބޯޑުން ވެސް ސައިރަސް ވަކިކުރުމަށެވެ.

މީގެ އިތުރުން ޓާޖް ހޮޓެލްސް ޗެއިން ހިންގާ ޓާޓާގެ ސަބްސިޑަރީ "އިންޑިއަން ހޮޓެލްސް"ގެ ޑިރެކްޓަރުކަމުން ވެސް ސައިރަސް ވަކިކުރަން ދަނީ މަޝްވަރާ ކުރަމުންނެވެ.

ބުރާސްފަތި ދުވަހު ޓާޓާއިން ނެރުނު، ނުވަ ސަފްހާގެ ބޮޑު ބަޔާނެއްގައި ޓާޓާގެ ބޯޑުން ބުނެފައިވަނީ، ސައިރަސް އޭނާގެ ޗެއާމަންކަމުގެ ދައުރުގައި މަސައްކަތް ކުރީ ޓާޓާގެ ސަގާފަތްތަކާ އިދިކޮޅަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ޓާޓާއިން ބުނީ، ސައިރަސްގެ ޗެއާމަންކަމުގެެ ދަށުން ޓާޓާ ސްޓީލް ޔޫރަޕް، ޓާޓާ ޓެލެސާވިސެސް އަދި ޓާޓާ މޮޓޯސްގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މުޅި ވިޔަފާރި ގްރޫޕުގެ މާލީ ހާލަތު ރަނގަޅުކަމަށް ދައްކާފައި ވަނީ ޓީސީއެސްއާއި ޓާޓާ މޮޓޯސްގެ ސަބްސިޑަރީ، ޖެގުއާ ލޭންޑް ރޯވަގެ ޕަފޯމަންސް ރަނގަޅުވުމުން ކަމަށް ޓާޓާ ގްރޫޕުން ބުނެ އެވެ.

ޓާޓާގެ ކުރީގެ ޗެއާމަން ސައިރަސް އެ ކުންފުންޏަށް ފޮނުވި ސިޓީއެއްގައި ބުނި ގޮތުގައި ވަގުތީ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ރަތަން ޓާޓާ ވަނީ، ސައިރަސްގެ ޗެއާމަންކަމުގެ ދައުރުގައި އޭނާގެ ނިންމުންތަކަށް ެވެ.

އެހެން ނަމަވެސް ޓާޓާގެ ބޯޑުން ނެރުނު ބަޔާނުގައި ބުނީ، ކަންކަން ނިންމުމުގައި ޗެއާމަނަށް ފުރިހަމަ ބާރާއި ، މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.