11 Nov 2016, 21:25
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހުށަހަޅައިދޭ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް މާދަމާ ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މިއުޒިކަލް ޑްރިލް އޮންނާނީ މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާން ސަރަޙައްދުގައި ކަމަށެވެ.
އެ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލާލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށާއި ޑްރިލް ސްކޮޑުގެ ބައިވެރިންނާއިއެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ވަނީ އާންމުކޮށް ހުޅުވާލާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހުށަހަޅައިދިން ޑްރިލް ޑިސްޕްލޭގެ ހަރަކާތްތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.