11 Nov 2016, 10:19
ޝީޝާއިން ފަށާފައިވާ އިންސްޓޯލްމަންޓު ޕްރޮމޯޝަނުގެ ދަށުން، އެކުންފުނީގެ ކަސްޓަމަރަކު އިންސްޓޯލްމަންޓަށް ނަގާފައިވާ ސައިކަލެއްގެ ބާކީ އިންސްޓޯލްމަންޓު ދައްކަން ނުޖެހޭ ގޮތަށް، ސައިކަލު މިލްކު ކޮށްދީފިއެވެ.
ޝީޝާއިން ސެޕްޓެމްބަރު މަހު ފެށި އިންސްޓޯލްމަންޓު ޕްރޮމޯޝަން ކުރިޔަށް ދަނީ، އެތަނުން އިންސްޓޯލްމަންޓަށް ނަގާ ސައިކަލަކަށް ދައްކާ ކޮންމެ ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ދޭ ގޮތަށެވެ. ކޮންމެ މަހަކު ނަސީބުވެރިއަކު ގުރުއަތުން ހޮވާ އިރު، އެ ނަސީބުވެރިޔާ ޝީޝާއަށް ދައްކަން ބާކީ އޮންނަ އިންސްޓޯލްމަންޓު ފައިސާ މައާފުވެ، ސައިކަލު އެފަރާތަކަށް ލިބޭނެއެވެ.
އެގޮތުން، ސެޕްޓެމްބަރު މަހު ޝީޝާއިން އިންސްޓޯލްމަންޓަށް ސައިކަލު ނަގައި، ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭން ނަސީބުވެރިއާ މިއަދު ވަނީ ނަގައިފައެވެ.
ނަސީބުވެރިއަކަށް ހޮވުނީ ހ. ސައިމާގެ، ހަސަން ރާފިޒް އެވެ. އޭނާ ގަތް ސައިކަލުގެ އިންސްޓޯލްމަންޓަށް ދެއްކުމަށް 84887 ރުފިޔާ ބާކީ އޮތް ނަމަވެސް، ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުމުން އެ ފައިސާ އޭނާ ދައްކާކަށް ނުޖެހޭނެއެވެ.
ނޫސްވެރިންގެ ހާޒިރުގައި ލަކީޑްރޯ ނެގުމަށްފަހު ޝީޝާއިން ވަނީ ރާފިޒް އެ ކުންފުނީގެ ޝޯރޫމަށް ގެންގޮސްފައެވެ. ރާފިޒް ބުނީ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުމުން ވަރަށް އުފާވެއްޖެ ކަމަށާއި، އޭނާ އެދެނީ ޝީޝާއަށް ރަނގަޅު ކުރިމަގެއް ކަމަށެވެ.
ރާފިޒް ބުނީ އޭނާ މިދިޔަ މަހު ޝީޝާއަށް 3000 ރުފިޔާ ދެއްކި ކަމަށެވެ. އެގޮތުން ހުރިހާ ކަސްޓަމަރުން އެއްވާގޮތަށް ޖުމްލަ 2000 އަށްވުރެ ގިނަ ކޫޕަންގެ ތެރެއިން މިއަދު ލަކީޑްރޯގައި ދިމާވީ ރާފިޒަށް ލިބުނު ތިން ކޫޕަންގެ ތެރެއިން އެއް ކޫޕަނެވެ.