ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ މަންމާފުޅު ކަނޑޫދޫގެ ފާތުމަތުދީދީ އަވަހާރަވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ މެޑަމް ފާތުންގެ މަންމާފުޅު އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުންދަނިކޮށް ކަމަށެވެ. އެކަމަނާ ކޯމާއެއްގައި އޮންނަވާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

މެޑަމް ފާތުންގެ މަންމާފުޅުގެ މޫނު ދެއްކުން އޮތީ އާސަހަރާގަ އެވެ. މޫނު ދެއްކުން ކުރިއަށް ދާނީ މިރޭ މެންދަމު 1:15 އިން ފެށިގެންނެވެ. ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.