10 Nov 2016, 19:55
ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، އިބްރާހިމް އަފްރަތު އެ މަގާމުން ވަކިކޮށްފި އެވެ.
އޭނާ އެ މަގާމުން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހެޅުމުންނެވެ.
ރައިވަޓައިޒޭޝަން ބޯޑުން އޭނާއަށް ފޮނުވި ސީޓީގައި ބުނެފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލިއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އަފްރަތު ޑިރެކްޓަރުންގެ ބޯޑުން ވަކި ކޮށްދެއްވުމަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުން އަފްރަތު މަގާމުން ވަކިކުރީ އިއްޔެ އެވެ. އަދި އެ ކުންފުނީގެ ބޯޑުގައި ހުރެގެން ކުންފުންޏަށް ކޮށްދެއްވި ޚިދުމަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ވެސް އެ ސިޓީގައިވެއެވެ.
ޮސަރުކާރުގެ ހިއްސާ އޮންނަ، ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑުގެ ބޯޑުން އަފްރަތު ވަކިކޮށްފައިވާއިރު، އޭނާ އަކީ ދެކަފި ވެފައިވާ ޕީޕީއެމްގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ ބޭފުޅެކެވެ.