10 Nov 2016, 17:12
މި މަހު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ތިން ވަނަ ޑިވިޝަނު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެވޭނީ މާލޭގައި ރަޖިސްޓަރީ ކޮށްފައިވާ އެފްއޭއެމް މެންބަރު ކްލަބު، ޖަމިއްޔާ ޖަމާއަތްތައް އަދި އެސޯސިއޭޓް މެންބަރު ކްލަބު، ޖަމިއްޔާ ޖަމާއަތްތަކަށެވެ.
މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ކްލަބު، ޖަމިއްޔާ ޖަމާއަތްތަކުން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30ގެ ކުރިން އެފްއޭއެމް އަށް ފޯމް ހުށަހެޅުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ދުވަސްތަކުގައި އެފްއޭއެމް ހައުސްއިން ލިބެން ހުންނަ އިރު، ބަންދު ދުވަސްތަކުގައި 9500104 ނަންބަރު ފޯނާ ގުޅުމުން ފޯމް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.