10 Nov 2016, 15:17
ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ގިނަވެގެން ބައި ގަޑިއިރު ތެރޭގައި ލޯންޗެއްގައި ދަތުރުކޮށްގެން ދެވޭ ހިސާބެއްގައި އެއާސްޓްރިޕެއް އޮތުމަކީ ސަރުކާރުގެ އަމާޒު ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވިސްނުންފުޅު އޮތީ، އިބްރާހިމް ނާސިރު އިންޓަނޭޝާނަލް އެއާޕޯޓު ތަރައްގީ ކުރުމާ އެކު، މުޅި ރާއްޖޭގެ ވެސް ކަނެކްޓިވިޓީ ރަނގަޅުކުރުން ކަމަށެވެ.
ރާއްޖޭގައި މިހާރު ގިނަ އެއާޕޯޓުތަކެއް ހުރެ އެވެ. އެއީ ހދ. ހަނިމާދޫ އެއާޕޯޓު، ރ. އިފުރު އެއާޕޯޓު، ބ. ދަރަވަންދޫ އެއާޕޯޓު، އދ. މާމިގިލީ ވިލާ އެއާޕޯޓު، ތ. ތިމަރަފުށީ އެއާޕޯޓު، ލ. ކައްދޫގައި ހުންނަ އިސްކަންދަރު ވައިގެ މަރުކަޒު، ގއ. ކޫއްޑޫ އެއާޕޯޓު، ގދ. ކާޑެއްދޫ އެއާޕޯޓު، ފުވައްމުލަކު ސިޓީ އެއާޕޯޓު، އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު އަދި މާލޭގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓެވެ.
ބަޖެޓު ކޮމިޓީގައި ޓޫރިޒަމް މިނިސްޓަރު މިއަދު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ލޯންޗެއްގައި 30 މިނިޓުން ދެވޭ، އެންމެ ކުޑަވެގެން 1.2 ކިލޯ މީޓަރުގެ އެއާސްޓްރިޕެއް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އޮތުން ކަމަށެވެ.
"ތިރީސް މިނިޓުން، 28 މޭލުގައި ދުއްވާ ލޯންޗެއްގައި ދެވޭ، އެޓް ލީސްޓް 1.2 ކިލޯ މީޓަރުގެ އެއާސްޓްރިޕެއް އޮތުން އެއީ ސަރުކާރުގެ އަމާޒަކީ،" ޒަމީރު ވިދާޅުވި އެވެ.
އެއާސްޓްރިޕަކީ އާންމުކޮށް އެކަހެރި ސަރަހައްދުތަކުގައި، އެންމެ ރަންވޭއަކާއި ފިއުލިންގް އިކުއިޕްމެންޓާ އެކު ހުންނަ އޭރޯޑްރޯމެކެވެ. އެއާސްޓްރިޕްތަކުގައި ހުންނަ ރަންވޭގެ ދިގުމިން އާންމުކޮށް ކުރުވާނެ އެވެ.
އެންމެ ކުޑަވެގެން 1.2 ކިލޯ މީޓަރުގެ ރަންވޭއަކާ އެކު އެއާސްޓްރިޕްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރުމަކީ އަމާޒެއް ކަމަށް ޒަމީރު ވިދާޅުވި އިރު، ރާއްޖޭގެ ގިނަ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ރަންވޭގެ ދިގުމިނަކީ އެއީ އެވެ. ރާއްޖޭގެ ދެ ބައިނަލްއަގުވަމީ އެއާޕޯޓު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ދިގުމިނަކީ 3.6 ކިލޯ މީޓަރެވެ.
ބައެއް އެއާޕޯޓު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން، ރިއޯލޯ ނަމަކަށް ކިޔާ ކުންފުންޏަކުން ދ. ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީ ކުރަމުންދާ އިރު، އެ އެއާޕޯޓު މިއަހަރުގެ ތެރޭގައި ހުޅުވާނެކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހަތަރު އެއާޕޯޓެއް އެޅުމަށް އެވެ. އެ ހަތަރު އެއާޕޯޓަކީ ު، ށ. ފުނަދޫ އެއާޕޯޓު، ފ. ނިލަންދޫ އެއާޕޯޓު އަދި ގދ. ފަރެސްމާތޮޑާ އެއާޕޯޓެވެ.