08 May 2010, 14:50
19:00
ނޫސްވެރިންގެ މައްޗަށް ތަފާތު ފަރާތްތަކުން އުފުލާ ދަޢުވާތަކަށް، ނޫސްވެރިންނަށް ހިލޭ ގާނޫނީ ވަކީލުން ފޯރުކޮށްދިނުމަށް ނޫސްވެރިންގެ ގައުމީ ޖަމިއްޔާއިން ނިންމައިފި އެވެ.
ނޫސްވެރިންގެ ގައުމީ ޖަމިއްޔާ "އެމްއެންޖޭ"ގެ މުއައްސިސް މިއުސަމް އައްބާސް ވިދާޅުވީ ދިވެހި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޅަފަތުގައި ދިވެހި ނޫސވެރިންނަށް ރަނގަޅަށް ފިރުކައި ނުގެނެވެނީސް ބައެއް ސިޔާސީ ފަރާތްތަކުން ނޫސްވެރިން ލިޔަމުންދާ ލިޔުންތަކާއި އަދި ޚަބަރުތަކާ ގުޅިގެން ކޯޓުތަކަށް ދައުވާ އުފުލަމުން ގެންދާ ކަމަށެވެ. އަދި އެފަދަ ކޮންމެ ފަހަރަކު ނޫސްވެރިންގެ ޕްރޮފެޝަނާ ގުޅިގެން ކުރިމަތިވާ ކަންކަމުގައި ނޫސްވެރިން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ ނޫސްވެރިންނަށް ގާނޫނީ ވަކީލުންގެ އެހީ ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް މިއުސަމް ވިދާޅުވި އެވެ. އަދި އެ ނޫސްވެރިއަކީ ކޮންމެހެން އެޖަމިއްޔާގައި ރަޖިސްޓީވެފައިވާ މެމްބަރަކަށް ވާންނުޖެހޭނެ ކަމަށް ވެސް މިއުސަމް ވިދާޅުވި އެވެ.