އެމެރިކާގެ އިރުއުތުރުގައި އޮންނަ ޕެންސިލްވޭނިއާގެ އިންޑަސްޓްރިއަލް ސިޓީއެއް ކަމަށްވާ ބޭތްލިހެމްގައި ކުރިން ދަގަނޑު ކާރުހާނާ އެއްގައި ގޮތުގައި ބޭނުންކުރަމުންދިޔަ އިމާރާތެއްގައި ރޯވެ އަދަމުން އެބަދެއެވެ.

ނިއު ޔޯކުގެ ސިޓީއެއް ކަމަށްވާ ބަފަލޯގެ ހުޅަނގަށް ހުންނަ އެ ދަގަނޑު ކާރުހާނާގެ މަސައްކަތް 1980 ވަނަ އަހަރުން ފެށިގެން ހުއްޓާލާފައި ހުރިއިރު، އެތަން މިހާރު ބޭނުން ކުރަމުންދަނީ އެއްޗެހި ރައްކާތެރިކުރާ ގުދަނެއްގެ ގޮތުގައެވެ. ނަމަވެސް އެތަނުގައި ހުރީ ކޮން އެއްޗިއްސެއް ކަމެއް އަދި ސާފެއްނުވެ އެވެ.

މަންޒަރުތަކުން އެ އިމާރާތުގައި ވަރަށް ބޮޑު ރޯވެފައިވާއިރު، އެކަމުގެ ސަބަބުން އެތަނުންދަނީ ބޯ ދުން އަރަމުންނެވެ. އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގައި އަލިފާން ނިއްވާ މީހުންދަނީ ހަރަކާތްތެރިވަމުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރޯވި ކާރުހާނާގެ ފުރާޅު ވެއްޓިފައިވާއިރު އިމާރާތުގެ ތެރެއިން ގޮވުންތަކެއް ދަނީ ގޮވަމުންނެވެ.