އެބޯލާ ވައިރަސް އެންމެ ބޮޑަށް ފެތުރޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅި އެފްރިކާގެ ތިން ގައުމަށް ދިވެހިރާއްޖެއިން އެޅި ދަތުރުފަތުރުކުރުމުގެ ފިޔަވަޅުތައް، ދިވެހި ސަރުކާރުން އުވާލައިފިއެވެ.

އެބޯލާ އެންމެ ބޮޑަށް ފެތުރޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާޢިން ކަނޑައެޅި ތިން ގައުމަކީ ހުޅަނގު އެފްރިކާގެ ތިން ގައުމަކީ ލައިބީރިއާ، ސިއެރާ ލިއޯން އަދި ގިނީއެވެ.

އެކަމާ ގުޅިގެން، 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދިވެހި ސަރުކާރުން ވަނީ ދަތުރުފަތުރު ކުރުމުގައި ޓްރެވަލް އެވެ.

ސަރުކާރުން އޭރު އެޅި ފިޔަވަޅުތަކަކީ އެ ތިން ގައުމުން ރާއްޖެ އަންނަ މީހުންނަށާއި، އެ ތިން ގައުމުން ކުރެ ގައުމަކަށް ދަތުރުކުރިތާ 21 ދުވަސް ނުވެ ރާއްޖެ އަންނަ އެހެން ގައުމެއްގެ މީހުންނަށް އޮން އެރައިވަލް ވިސާ ދޫނުކުރުމެވެ. އަދި އެ ތިން ގައުމަށް ދިވެހީން ދަތުރު ނުކުރުމަށް ވެސް ސަރުކާރުން އިލްތިމާސް ކުރިއެވެ.

ފޮރިން މިނިސްޓްރީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލައިބީރިއާ، ސިއެރާ ލިއޯން އަދި ގިނީއާ ދެކޮޅަށް ރާއްޖެއިން އެޅި ޓްރެވަލް ރެސްޓްރިކްޝަންތައް އުވާލާފައިވާ ކަމަށެވެ.

ފިޔަވަޅުތައް އެޅިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އެ ފިޔަވަޅުތައް ދިވެހި ސަރުކާރުން އުވާލާފައިޗާ އިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަހަރުގެ ޖޫން މަހުގެ ކުރީކޮޅު ވަނީ، ހުޅަނގު އެފްރިކާގެ ގައުމުތަކުން އެބޯލާ ކޮންޓްރޯލް ކުރެވިފައިވާކަން އިއުލާން ކޮށްފައެވެ.

އެހެން ނަމަވެސް އެބޯލާ ފެތުރިދާނެ ހާލަތްތައް ދެނެގަތުމަށް އަޅާންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ އިދާރާތަކުން ތައްޔާރަށް ތިބި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 9 ޖޫން 2016 ގަައި ހާމަ ކުރަައްވާފައިވާ ގޮތުގައި އެބޯލާ ވައިރަސް ފެތުރުން ހުޅަނގު އެފްރިކާގެ ޤައުމު ތަކުގައި ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

އެބޯލާ ވައިރަސް އެފްރިކާގައި އެންމެ ބޮޑަށް ފެތުރެންފެށި ދުވަސްވަރު، ރާއްޖެ އައި ، އޭނާ އެބޯލާއަށް ޓެސްޓުކުރުމަށް 2014 ގެ ސެޕްޓެމްބަރު މަހު އޭނާ ކަރަންޓީން ކުރެވުނެވެ. އެހެން ނަމަވެސް ހެލްތު މިނިސްޓްރީން ބުނީ، ހުޅުމާލެ ހޮސްޕިޓަލުގައި އޭނާ ކަރަންޓީން ކުރި އިރު، އޭނާގެ ގައިން އެބޯލާގެ އެއްވެސް ވެ.