09 Nov 2016, 15:20
ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމުކަމަށްވާ ރަޝިއާއިން އެމެރިކާގެ ރައީސް ކަމަށް އަލަށް އިންތިޚާބުވެވަޑައިގަތް ޑޮނަލްޑް ޓްރަމްޕަށް މަރުހަބާ ދަންނަވައިފި އެވެ.
ރަޝިއާގެ ރައީސް ޕޫޓިން، ޓްރަމްޕަށް މަރުހަބާ ދަންނަވައި ފޮނުއްވި މެސެޖުގައި ވިދާޅުވީ، އެމަނިކުފާނުގެ ޒައާމަތުގެ ދަށުން ދެގައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ހޯއްދެވީ ޑިކޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަންއާ ވާދަ ކޮށް، 289 އިލެކްޓޮރަލް ވޯޓު ހޯދައިގެންނެވެ. އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީއަށް ލިބިވަޑައިގަތީ 218 އިލެކްޓޮރަލް ވޯޓެވެ.