09 Nov 2016, 10:37
އެމެރިކާގައި ކުރިއަށްދާ އެގައުމުގެ ރިޔާސީ އިންތިޚާބާ ގުޅިގެން މުޅި ދުނިޔޭގެ ސްޓޮކް މާކެޓު ދަށަށް ގޮސްފިއެވެ.
އެގޮތުން އެގައުމުގެ ސްޓޮކް މާކެޓުގައި ހިއްސާތަކުގެ އަގަށް ބަލާއިރު މިއަދު ވަނީ ހަތަރު ޕަސެންޓު ދަށްވެ 700 ޕޮއިންޓަށްް ވެއްޓިފައެވެ. އަދި އޭޝިއާގެ ސަރަހައްދުގެ ހިއްސާތައްވެސް ވަނީ ފަސް ޕަސެންޓާއި ތިން ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްވެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ބަދަލުތައް އައިސްފައިވަނީ އެމެރިކާގެ ބައެއް ބޮޑެތި ސްޓޭޓްތަކުގެ ވޯޓުގެ ނަތީޖާ އިއުލާން ކުރުމާ ގުޅިގެންނެވެ.
ބްރޮކަރޭޖް ފާމެއް ކަމަށްވާ ކޮންވާޖެކްސްގެ ޗީފް މާކެޓް ސްޓްރެޓަޖިސްޓު، ނިކޮލަސް ކޮލަސް ވިދާޅުވީ، ސްޓޮކް މާކެޓަށް އައި އެ ބަދަލަކީ "ސަޕްރައިޒް"އެއް ކަމަށެވެ.
ގިނަ އިންވެސްޓަރުން ދެކޭ ގޮތުގައި ރިޔާސީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރައްވައިފި ނަމަ ދުނިޔޭގެ ސްޓޮކް މާކެޓަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް ވެދާނެ އެވެ.