Breaking news: Us election  Trump kaamiyaabukuravvafi
Breaking news: Us election Trump kaamiyaabukuravvafi

Last Updated:
9 year 2 week ago

އެމެރިކާގެ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރައްވައިފި

  • ޑޮނަލްޑް ޓްރަމްޕް: 289
  • ހިލަރީ ކްލިންޓަން: 218
  • އިންތިޚާބު ކާމިޔާބުކުރަން ޖުމަލް 270
ބުލޮގު ޚުލާސާ

ހިލަރީ ކްލިންޓަނާ ވާދަކުރައްވައ،ި ކުރީން ގިނަބަޔަކު ހީކުރި ގޮތާ ޚިލާފަށް ބޮޑު ތަފާތަކުން އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފިއެވެ.

Breaking news: Us election  Trump kaamiyaabukuravvafi
Breaking news: Us election Trump kaamiyaabukuravvafi

އެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ޖުމަލް 270 އިލެކްޓޮރަލް ވޯޓު ހޯދަން ޖެހޭ އިރު ޓްރަމްޕު ވަނީ، 289 އިލެކްޓޮރަލް ވޯޓް ހޯއްދަވައިފައެވެ.

Breaking news: Us election  Trump kaamiyaabukuravvafi
Breaking news: Us election Trump kaamiyaabukuravvafi

13:05އަޙްމަދު މުޖްތަބާ

ޓްރަމްޕު އޭނާގެ އާއިލާއަށް ޝުކުރުދަންނަވައިފި. ސިޔާސީ މައިދާނަކީ، އުނދަގޫ އަދި މުޑުދާރު ކަންތައްތަކަކާ ކުރިމަތިލާން ޖެހޭ ދާއިރާއެއްކަމަށް ވިދާޅުވި.

13:03

މިހާތަނަށް މި ގައުމުގައި ހަނދާންނައްތާލާފައި ތިބި، އެންމެހާ ފިރިހެނުންނާއި އެންމެހާ އަންހެނުން އިތުރަށް ދެން އަޅާނުލައި ދޫކޮށެއް ނުލާނެ.

13:02

މިއީ އަހަރެމެން އެންމެން އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު.

13:00އަޙްމަދު މުޖްތަބާ

އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ޓްރަމްޕު ވިދާޅުވީ، ވަރަށް ވަރުގަދަ ކެމްޕޭނަކަށްފަހު، ހިލަރީއަށް މަރުހަބާ ދަންނަވާ ކަމަށް.

12:52އަޙްމަދު މުޖްތަބާ

ޓްރަމްޕުގެ ރަނިން މޭޓް މައިކް ޕެންސް ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއް ކަމަށް.

އެމެރިކާގެ ރައްޔިތުންގެ އަޑު އިއްވައިފި. އަދި އެމީހުންގެ އާ ޗެމްޕިއަން އިންތިޚާބުކޮށްފި. އެމެރިކާއަށް އާ ރައީސެއް އިންތިޚާބުކޮށްފި. އެމެރިކާގެ ނައިބު ރައީސެއްގެ ގޮތުން ރައްޔިތުންނަށް ޚިދުމަތްކުރާން ފުރުސަތުލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް.މައިކް ޕެންސް

12:42

ޑޮނަލްޑް ޓްރަމްޕު އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފި. އޭނާ މިހާތަނަށް 276 އިލެކްޓޯރަލް ވޯޓް ހޯއްދަވައިފައެވެ. އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވަނީ 270 އެވެ.

12:36އަޙްމަދު މުޖްތަބާ

އެމެރިކާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ވިސްކޮންސިންގެ އިލެކްޓޯރަލް ވޯޓުތައްވެސް ޓްރަމްޕް ކާމިޔާބުކުރައްވައިފި.

12:22އަޙްމަދު މުޖްތަބާ

ފަހުގެ ނަތީޖާތައް ދައްކާގޮތުން، ޓްރަމް މިހާރު ވަނީ 266 އިލެކްޓޯރަލް ވޯޓް ހޯއްދަވާފައި. ހިލަރީއަށް ލިބިވަޑައިގެންފައި ވަނީ، 218.

  • ޑޮނަލްޑް ޓްރަމްޕް: ރިޕަބްލިކަން ޕާޓީ - 56,682,202 ވޯޓް - %48.

  • ހިލަރީ ކްލިންޓަން: ޑިމޮކްރެޓިކް ޕާޓީ - 55,504,044 ވޯޓް - %47.
  • ގެރީ ޖޯންސަންް: ލިބަރޓޭރިއަން ޕާޓީ - 3,780,715 ވޯޓް - %3.
  • ޖިލް ސްޓެއިންް: ގްރީން ޕާޓީ - 1,080,210 ވޯޓް - %1.
  • އެހެނިހެން ކެންޑިޑޭޓުން: 728,778 ވޯޓް - %0.7.
12:16އަޙްމަދު މުޖްތަބާ

ހިލަރީ ކްލިންޓަންގެ މާޔޫސްވެފައި ތިބި އެތަކެއް ހާސް ސަޕޯޓަރުން މިވަގުތު ގެޔަށް ގޮސް އަރާމުކުރުމަށް، ކްލިންޓަންގެ ކެމްޕޭން މެނޭޖަރު ޖޯން ޕޮޑެސްޓާ އެދިވަޑައިގެންފި.

12:03އަޙްމަދު މުޖްތަބާ

ޓްރަމްޕުގެ މަސްދަރުތަކާ ހަވާލާދީ، ސީއެންއެން ބުނާގޮތުން، އޭނާ މިހާރު ދަނީ، "ވިކްޓަރީ ސްޕީޗް" ތައްޔާރުކުރައްވަމުން. އަދި އެ ތަގުރީރު ވަރަށް ބޮޑަށް ތަފާތުވާނޭކަމަށް ވެސް ބުނޭ. ހާއްސަކޮށް ޓްރަމްޕަށް ވޯޓް ނުދޭ ފަރާތްތައް ވެސް އިންތިޚާބުގެ ކަންކަން ހަނދާން ނައްތާލައި، ގައުމީ އެއްބައިވަންތަކަމަށް ގޮވާލާނޭކަމަށް ބުނޭ.

12:00އަޙްމަދު މުޖްތަބާ

އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން، އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޓްރަމްޕަށް މިހާރު ބޭނުންވަނީ އެންމެ 5 އިލެކްޓޯރަލް ވޯޓް. އޭނާ ވަނީ މިހާތަނަށް 265 ހޯއްދަވާފައި. ހިލަރީއަށް ލިބިވަޑައިގެންފައިވަނީ، 218. އިތުރަށް 52 އިލެކްޓޯރަލް ވޯޓް ބޭނުންވޭ.

10:34ފަތުހުﷲ ޔާމީން ސައީދު

އެމެރިކާގެ ރިޔާސީ އިންތިޚާބާ ގުޅިގެން މުޅި ދުނިޔޭގެ ސްޓޮކް މާކެޓު ވަނީ ދަށަށް ގޮސްފައި. އެގޮތުން އެގައުމުގެ ސްޓޮކް މާކެޓުގައި ހިއްސާތަކުގެ އަގަށް ބަލާއިރު މިއަދު ވަނީ ހަތަރު ޕަސެންޓު ދަށްވެ 700 ޕޮއިންޓަށްް ވެއްޓިފައި. އަދި އޭޝިއާގެ ސަރަހައްދުގެ ހިއްސާތައްވެސް ވަނީ ފަސް ޕަސެންޓާއި ތިން ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްވެފައި.

10:26މުހައްމަދު ޖަވާދު ޔޫސުފު

އާބާދީ މަދު ސްޓޭޓްތައް ކާމިޔާބު ކުރެވޭ ކެންޑިޑޭޓަކަށް ލިބޭނީ އިލެކްޓޯރަލް ކޮލެޖުން މަދުވޯޓު. އިލެކްޓޯރަލް ކޮލެޖުން ގިނަ ވޯޓު ލިބޭނެ ސްޓޭޓްތަކުގެ ތެރޭގައި ނިޔުޔޯކް، އޮހާޔޯ، ފްލޮރިޑާ އަލަބާމާ، ވާޖީނިޔާ، ކޮލޮރާޑޯ، ވޮޝިންޓަން، ކެންޓަކީ، މިސޫރީ ފަދަ ސްޓޭޓްތައް ހިމެނޭ. މިސްޓޭޓްތަކުގެ ތެރެއިން ހިލަރީ ވަނީ ނިޔުޔޯކް އާއި ކޮލޮރާޑޯ އަދި ވާޖީނިޔާ ކާމިޔާބުކޮށްފައި.

10:25މުހައްމަދު ޖަވާދު ޔޫސުފު

އިލެކްޓޯރަލް ކޮލެޖްގެ ވޯޓަކީ އެމެރިކާގެ އެކިއެކި ސްޓޭޓްތަކުގެ އާބާދީގެ މައްޗަށް ބަހާލާފައިވާ އެއްޗެއް. އާބާދީ ބޮޑެތި ސްޓޭޓްތައް ކާމިޔާބު ކުރެވިއްޖެނަމަ (އެސްޓޭޓްތަކުގެ ވޯޓުގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ) އިލެކްޓޯރަލް ވޯޓުގެ ތެރެއިން ގިނަ ވޯޓު އެ ކެންޑިޑޭޓަކަށް ލިބޭނެ.

10:24މުހައްމަދު ޖަވާދު ޔޫސުފު

މިހާތަނަށް ދެބޭފުޅުންނަށް ލިބިފައިވާ ވޯޓުތަކަށް ބަލާއިރު އިލެކްޓޯރަލް ކޮލެޖްގެ ވޯޓުގެ ތެރެއިން 244 ވޯޓު ޓްރަމްޕަށް ލިބިފައިވާއިރު ހިލަރީއަށް ލިބިފައިވަނީ 215 ވޯޓް. އިލެކްޓޯރަލް ކޮލެޖްގެ ވޯޓުގެ ތެރެއިން 270 ވޯޓު ލިބިއްޖެނަމަ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވާނެ.

10:06ފަތުހުﷲ ޔާމީން ސައީދު

ޖޯޖިއާ ފަދަ ބޮޑެތި ސްޓޭޓްސް ތަކުން ޓްރަމްޕު ކުރީގައި އުޅުއްވާއިރު، މިހާތަނަށް އޭނާ ވަނީ 232 އިލެކްޓޯރަލް ވޯޓް ހޯއްދަވާފައި. ހިލަރީ ކްލިންޓަނަށް ލިބިވަޑައިގެންފައި ވަނީ، 209 އިލެކްޓޯރަލް ވޯޓް.