08 Nov 2016, 21:06
ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ނުކުރެވޭ ގޮތަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ސަސްޕެންޑް ކުރުމަށްފަހު، ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އަލުން އޭނާއަށް ދީފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ސުއޫދު ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ އިޖުރާއަތްތަކާއި އެންގުންތަކާ ޚިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކަމަށެވެ.
ޝަރުއީ ދާއިރާގެ ތަސައްވަރު ގެއްލޭގޮތަށް ކޯޓުގެ ނިންމުންތަކާ ގުޅިގެން ކޮށްފައިވާ ޓްވީޓްތަކާއި އޭނާ އާ ހަވާލާދީ މީޑިއާގައި މީޑިއާގައި އާންމުކޮށްފައިވާ ޚަބަރުތަކަކީ ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ޑީޖޭއޭ އިން ބުނީ އެފަދަ އަމަލެއް ތަކުރާރު ނުކުރުމަށް އަންގައި ނަސޭހަތްދީ ސޫއޫދަށް ވަނީ އިންޒާރުދީފައި ކަމަށެވެ.