08 Nov 2016, 14:41
ހަލަވެލި ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ފަތުރުވެރިއާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހަލަވެލި ރިސޯޓުގައި ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވައި މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ފެނިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 22 އަހަރުގެ ޖަރުމަނުގެ ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް ފަތުރުވެރިއާގެ ހަށިގަނޑު އޭނާގެ ގައުމަށް މީގެ ދެ ރޭ ކުރިން ފޮނުވާލާފައިވާ ކަމަށެވެ.
ފަތުރުވެރިއާ މަރުވެގެން ފުލުހުންނަށް ރިޕޯޓްކުރި ރިސޯޓުން މާލެ ގެނެސް އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވާލަންދެން ބާއްވާފައި އޮތީ މާލޭގެ މޯޗަރީގަ އެވެ.
ނަމަވެސް އޭނާ މަރުވި ސަބަބު އަދި ހޯދިފައިނުވާ ކަމަށާއި އެކަމުގެ ތަހުގީގުތައް އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.