08 Nov 2016, 09:58
ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރެެފައިވާ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން މިއަދު ސަން އަށް ވިދާޅުވީ ރޭ ފަތިހު މަރުވެފައި ވަނީ ދ. ވާނީ، ބްލޫހެވަން ޙުސައިން ޒަރީރު ކަމަށެވެ.
އޭނާ އެޑްމިޓްކުރީ އިއްުޔެ ހެނދުނުގެ ވަގުތެއްގަ އެވެ.
ޝަރީއަތް ނިމެންދެން ޒަރީރު ބަންދުގައި ބަހައްޓަން އަމުރުކޮށް، އޭނާ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ކަމަށް ލުގުމާން ވިދާޅުވި އެވެ.
ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރި ފަހުން ތިން ފަހަރަކު ކްރިމިނަލް ކޯޓުން އަންގައިގެން އޭނާ އެ ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ވެސް ލުގްމާން ވިދާޅުވި އެވެ.
ޒަރީރު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.