މި އަހަރު ހިފާ ފުރަތަމަ ހަދުކޭތަ އަންނަ ބުދަ ދުވަހުގެރޭ ހިފާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހަރުގެ ފުރަތަމަ ހަނދު ކޭތަ އެންމެ ފުރިހަމަކޮށް ހިފާފައި ހުންނާނީ އެ ރޭގެ މެންދަމު 11:23 އިން 3:30 ހަމަ އަށް ކަމައްވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ފުރިހަމަ ހަނދުކޭތައެއް ރާއްޖެއަށް އެރޭ ފެންނައިރު ދީނީ އާދަކާދައިގެ މަތިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރުން އެރޭ 11:30 ގައި ބާއްވާ ގޮތަށް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.

ރާއްޖޭގެ އިތުރުން ހަނދު ކޭތަ ދެން ފެންނާނީ އޭޝިޔާގެ ގައުމުތަކަށާއި ޔޫރަޕްގެ ބައެއް ގައުމުތަކަށެވެ.
ކަލަންޑަރު ބުނާގޮތުން ފުރިހަމަ ހަނދު ކޭތައެއް މިއަހަރު ދެން ހިފާނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.