07 Nov 2016, 11:02
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިންތިޚާބުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ސަން އަށް ވިދާޅުވީ ނައިބު ލީޑަރު ކަމަށް ރިޔާޒު އިންތިޚާބުކޮށްފައި ވަނީ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓެއްގައި ކަމަށެވެ.
އެހެން ބޭފުޅަކާ ވާދަކޮށް ރިޔާޒު ކާމިޔާބު ކުރެއްވީ ފުރިހަމަ އަޣުލަބިއްޔަތަކާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީ ހަރުދަނާ ކުރަން ކުރާ މަސައްކަތުގައި ޕާޓީގެ ހުސްވެފައިވާ މަގާމްތަކަށް އިއުލާންކޮށް އެ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ރިޔާޒުގެ ސިޔާސީ ތަޖުރިބާގެ އަލީގައި ޖުމްހޫރީ ޕާޓީއަށް އުޖާލާ މުސްތަގުބަލެއް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވިއެވެ.