07 Nov 2016, 11:05
ާއެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޮކްލަހޯމާއަށް ފަސް މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި ބިން ހެލުން އައިސްފައި ވަނީ ރޭގެ ވަގުތެއްގައި އޯކްލަހޯމާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ކިއުޝިން އަށެވެ. މި ބިންހެލުމުގެ ސަބަބުން އެހާ ބޮޑެތި ގެއްލުންތަކެއް ލިބިފައި ނެތް ނަމަވެސް، މިއަދު އެ ސިޓީގެ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.
އެމެރިކާގެ ޖިއޮޖޮލިކަލް ސާވޭގެ ޑޭޓާތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފްތާ ތެރޭގައި އޮކަލަހޯމާއަށް 19 ބިންހެލުން އައިސްފައިވެއެވެ. އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ސިޓީއަށް 5.6 މެގްނިޓިއުޓްގެ ބިންހެލުމެއް އައިސްފައިވެ އެވެ.
ސައިންޓިސްޓުން ބުނާ ގޮތުގައި ބިން އޮކްލަހޯމާގައި ބިން ހެލުން އިތުރުވެފައި ވަނީ އެސަރަހައްދުގައި ކަރަންޓު އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާތީ އެވެ.
ކިއުޝަން އަކީ 7،900 މީހުންގެ އާބާދީއެއް އޮންނަ، ތެޔޮ ރައްކާ ކުރާ އެންމެ ބޮޑު ފެސިލިޓީސްތައް ގާއިމްކޮށްފައި ހުންނަ އެމެރިކާގެ އެއް ސްޓޭޓެވެ.