07 Nov 2016, 09:04
ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހޯދަން ފަށާފައިވާ މީހާއަކީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އާޓިފިޝަލް ބީޗް ސަރަޙައްދުން ހިނގާފައިވާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.
ނަމަވެސް މި މީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނެތުމުން ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުން ނުކުމެގެން، ބޮޑުތަކުރުފާނު މަގަށް އެމީހާ ނުކުންނަ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖުވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
މި މީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ވާނަމަ އެ ކަން ފުލުހުންނާ ހިއްސާ ކުރެއްވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.