ދޫނިދޫ ޖަލު ފަޅާލައި ނުކުންނަން އުޅުނު ކުށްވެރިންތަކެއް ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ 3:05 ކަންހާއިރު ދޫނިދޫ ގޮޅިއެއްގެ ތަޅު ހަލާކުކޮށްލައިގެން ނުކުމެ އިތުރު ގޮޅިތައް ހުޅުވައި ކުށްވެރިންތަކެއް ފިލުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެކަން މިހާރު ކޮންޓުރޯލްކޮށް ހުރިހާ ކުށްވެރީން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މީހުން އަލުން ގޮޅިތަަކަށް ވަށްދައި ކަސްޓޯޑިއަލްގެ ސޭފްޓީއަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އެޅިފައި. އަދި މިހާރު ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ތިބި މީހުންގެ އަދަދު ވަނީ ޔަގީންކުރެވި، ހަމަކުރެވިފައި،" ފުލުހުން ބުންޏެވެ.

ފިލަން މަސައްކަތް ކުރިނަމަވެސް އެއްވެސް ކުށްވެރިއަކަށް ޖަލުން ބޭރަށް ނުކުމެވިފައިނުވެއެވެ.