މާލޭގައި މިރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަޖިލީދީމަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގް ބްރާންޗް ކައިރީގައި މިރޭ މާރާމާރީ އެއް ހިންގި ކަމުގެ މައުލޫމާތެއް ފުލުހުންނަށް ރިޕޯޓް ކުރީ މިރޭ 11:15 އެހާކަންހާއިރު ކަމަށެވެ.

މާރާމާރީގައި މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވިއެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ސާފުވާގޮތެއް ނުވެއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، މިރޭ މާލޭގައި މާރާމާރީ ހިންގާފައި ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެންނެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ވެސް ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.

މިރޭ ހިންގި މާރާމާރީއެއްގައި ދެ މީހަކު ޒަހަމްކޮށްލިއިރު، ދަނގަނޑުކެނޑި ގޯޅީގައި ރޭ ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ވަނީ ފަޅާލާފަ އެވެ. ނަމަވެސް އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.