06 Nov 2016, 16:40
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ ޕާޓީގެ ޓިކެޓަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޕީޕީއެމް ހިންގުން ހަވާލުކޮށްފައިވާ އެ ޕާޓީގެ މުޝްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އަދި އެ މުއްދަތު ހަމަވީ މިއަދު އެވެ.
ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކައުންސިލް އިންތިހާބަށް ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައި އޮތް މުއްދަތު އިތުރުކޮށްދިނުމަށް އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން އެދެމުންދާ ކަމަށެވެ.
އެގޮތުން، އެ ޕާޓީން ކުރިން ކޮށްފައިވާ އިއުލާނުގައި ޕާޓީގެ ޓިކެޓަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރު ފަހު 2:00 އިން ރޭގަނޑު 22:00 އަށެވެ.
ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ މެމްބަރުންގެ މެދުގައި ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ޕާޓީގެ މެމްބަރަކަށް ވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ.