06 Nov 2016, 12:33
ގިނަ އަދަދެއްގެ އާންމުންގެ ބައިވެރިވުމާ އެކު، އެސްޓީއޯގެ "އަންކާރާ ނައިޓް" ފާސްތާ ޖާފަތް ރޭ ބާއްވައިފި އެވެ.
އެސްޓީއޯ ސުޕަމާޓުން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާ ޕްރޮމޯޓު ކުރުމަށް ޓަކައި ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އިވެންޓާ ގުޅޭ ގޮތުން، އަންކާރާގެ ބްރޭންޑް މެނޭޖަރު ފާތިމަތު ފަނާޒާ "ސަން" އަށް ވިދާޅުވީ، އުންމީދުކުރި އަދަދަށް ވުރެ ވެސް ގިނަ މީހުން ރޭގެ ޖާފަތަށް ޒިޔާރަތް ކުރި ކަމަށެވެ.
"ވަރަށް ގިނަ މީހުން އައިސް، ހަރަކާތްތަކުގައި ބައިވެރިވެ އެންޖޯއި ކުރި. އަންދާޒާ ކުރި އަދަދަށް ވުރެ ވެސް ޓާންއައުޓް މަތި،" ފަނާޒާ ވިދާޅުވި އެވެ.
ބިދަބިން ބޮޑުބެރު ގްރޫޕުގެ މުނިފޫހިފިލުވުމާ އެކު ކުރިޔަށް ގެންދިޔަ ހަރަކާތުގައި، އާންމުންނަށް އަންކާރާ ބްރޭންޑުގެ ޕާސްތާ އެއްވެސް އަގަކާ ނުލައި ކެއުމުގެ ފުރުސަތު ހުޅުވާލި އެވެ. އެ ސަރަހައްދުގައި، ބުރުޒު ކޭޓަރިންގްގެ ފަރާތުން ދިޔައީ އަންކާރާ ޕާސްތާ ތައްޔާރުކުރަމުންނެވެ.
މީގެ އިތުރުން އެސްޓީއޯ ސުޕަމާޓުން ޓުވިޓާގައި ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ކުރިޔަށް ގެންދާ "ސުޕަމާޓް ގިފްޓްސް" ހަރަކާތުގެ ދަށުން ރޭ ވަނީ، ޒިޔާރަތް ކުރި ކޮންމެ ފަރާތަކަށް ވެސް ކޮންމެވެސް ކަހަލަ ހަދިޔާއެއް ދީފަ އެވެ.
ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ސުޕަމާޓުން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ. އަންކާރާ ޕާ ބްރޭންޑްގެސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖުގެ ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ސުޕަމާޓުން ލިބެން ހުރެ އެވެ.