05 Nov 2016, 20:34
މާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީ ހިނގާފައި ވަނީ މާފަންނު، ދަނގަނޑުކެނޑި ގޯޅީގައި ކަމަށާއި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 7:43 ހާއިރު ކަމަށެވެ.
އެ މާރާމާރީގައި ޒަހަމްވި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.