05 Nov 2016, 16:53
މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކަށް އަޅަމުން އަންނަ ފިލިޕީންސްގެ ޖަލެއްގައި އޮތް ޑްރަގް ނެޓްވޯކަކާ ގުޅުންހުރި މޭޔަރެއްގެ ގަޔަށް ފުލުހުން ބަޑި ޖަހާ މަރާލައިފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ އޮގަސްޓްް މަހު ޖަލަށްލި ފިލިޕީންސްގެ މެދުތެރޭގައި އޮންނަ އަލްބުއޭރާގެ މޭޔަރު، ރޮލާންޑޯ އެސްޕިނޯސާ މަރާލާފައިމިވަނީ ޑްރަގް ޑީލަރުންނާއި ޑްރަގް ނެޓްވޯކުތަކާ ގުޅުން ބާއްވާ މޭޔަރުންނާއި ޑްރަގް ގޭންގުތަކުގެ އިސްވެރިން މަރާނެ ކަމަށް އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އިންޒާރު ދެއްވާފައިވަނިކޮށެވެ.
މިއީ ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި މަރާލި ދެ ވަނަ މޭޔަރެވެ. ފުރަތަމަ މޭޔަރު ވެސް މަރާލީ ބަޑިން ދިން ހަމަލާތަކެއްގަ އެވެ. މިހާތަނަށް މަރާލި ދެ މޭޔަރުންނަކީ ޑްރަގް ނެޓްވޯކަކާ ގުޅުންހުރި ކަމަށް ބުނެ، ރައީސް ރޮޑްރިގޯ ޑުޓާޓެ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ނަން ހާމަކޮށްފައިވާ ދެ އޮފިޝަލުންނެވެ.
ފުލުހުން ބުނި ގޮތުގައި، އެސްޕިނޯސާ ގަޔަށް ބަޑި ޖެހީ، އޭނާގެ އަތުގައި ހަތިޔާރު ހުރިތޯ ބެލުމަށް ޖަލު ގޮޅިތެރެއަށް ވަތް ފުލުހުންނަށް އަމާޒުކޮށް އޭނާ ބަޑިން ހަމަލާ ދިނުމުންނެވެ.
ނަމަވެސް އެ މަރާ ގުޅިގެން އޭނާ ބަންދުކޮށްފައި ހުރި ޖަލު ގޮޅިން ހަތިޔާރު ފެނުނު ސަބަބާއި ދެ ފަރާތުގެ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކުރި ސަބަބު ހޯދުމަށް ތަހުގީގެއް ހިންގުމަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސްގެ ރައީސް އިއުލާންކޮށްފައިވާ ހަނރުގާމައިގާ މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.