Back
Nov 23, 2025 SUN
SUN

އަންހެން ޑިވިޝަނުގެ ފެށުން މިސްކިތްމަގާއި ޕޮލިސް ކްލަބުން ރަނގަޅުކޮށްފި

އަންހެން ޑިވިޝަނުގެ ފެށުން މިސްކިތްމަގާއި ޕޮލިސް ކްލަބުން ރަނގަޅުކޮށްފި
Lead photo

އަލް މުދިޝް ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ފެށުން މިސްކިތްމަގު އެންމެންގެ ގުޅުމާއި ޕޮލިސް ކްލަބުން ރަނގަޅުކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު އެ މުބާރާތުގެ ފުރަތަމަ މެޗުގައި ފުވައްމުލަކުގެ މިސްކިތްމަގު އެންމެންގެ ގުޅުން ވަނީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށްފަ އެވެ. ރޭ ކުޅުނު އެ މުބާރާތުގެ ދެ ވަނަ މެޗުގައި ޕޮލިސް ކްލަބު ވަނީ ހއ. އިހަވަންދޫގެ ކްލަބު ޕޯލް ސްޓާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި މިސްކިތްމަގު ޓީމުން މޯލްޑިވިއަންގެ މައްޗަށް ކުރި ހޯދާފައި ވަނީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް މިސްކިތްމަގު ގެންގޮސްފައި ވަނީ 25-22، 25-17 އަދި 27-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ މިސްކިތްމަގުގެ ޕްރަތިބާ މަލީ އެވެ.

އެ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ކްލަބު ޕޯލް ސްޓާ އަތުން ޕޮލިސް ކްލަބު މޮޅުވެފައި ވަނީ 3-1 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު 25-11 އިން ޕޮލިސް ކްލަބު ގެންދިޔަ އިރު، ދެ ވަނަ ސެޓު ޕޯލް ސްޓާ އިން ގެންދިޔައީ 22-25 އިންނެވެ. ޕޮލިސް ކްލަބުން ފަހު ދެ ސެޓު ގެންގޮސްފައި ވަނީ 25-18 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޕޮލިސް ކްލަބުގެ އެމްސީ އިންޓޯޝް ބްރެނާ ލީން އެވެ.

މިއަދު ކުރިއަށްދާނީ ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިޝަނުގެ ތިން މެޗެކެވެ. މިއަދުގެ ފުރަތަމަ މެޗުގައި ކޮސްޕޯޓްސް ކްލަބު ސިޓީއާ ދެކޮޅަށް ޕޮލިސް ކްލަބު ނުކުންނަ އިރު، ދެ ވަނަ މެޗުގައި ގުޑީސް ސްޕޯޓްސް ކްލަބާ ދެކޮޅަށް ސްޓެލްކޯ ރެކްރިއޭޝަން ކްލަބު ނުކުންނާނެ އެވެ. އަދި މިއަދު ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހަ ޓީމެއް ވާދަކުރާ އިރު، އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ވާދަކުރެ އެވެ. ފިރިހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަަކީ ސްޕޯޓްސް ކްލަބު ސިޓީ، ޕޮލިސް ކްލަބު، ގުޑީސް ސްޕޯޓްސް ކްލަބު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު، ދިވެހި ސިފައިންގެ ކްލަބު އަދި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަލްބު، މިސްކިތްމަގު އެންމެންގެ ގުޅުން، ޕޮލިސް ކްލަބު، ކްލަބު ޕޯލް ސްޓާ އަދި ފުވައްމުލައް ޔޫތު ސްޕޯޓްސް ޑިވެލޮޕްމަންޓް(އެފްވައިއެސްޑީ) އެވެ.

މި މަހުގެ 18 ވަނަ ދުވަހު ލީގު ނިމުމާ އެކު ގައުމީ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަން ފަށާނެ އެވެ. ގައުމީ މުބާރާތަށް ހޮވޭނީ ދެ ޑިވިޝަނުން ވެސް އެންމެ ކުރި ހޯދާ ހަތަރު ޓިމެވެ. ގައުމީ މުބާރާތް ކުޅޭނީ ތިން ސެމީގެ އުސޫލުންނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics