ކުރިޔަށް އޮތް ހޯމަ ދުވަހުން ފެށިގެން، ސްރީލަންކަން އެއާލައިންސްއިން މާލެއާއި ކޮލޮމްބޯއާ ކުރާ ބައެއް ފްލައިޓުތަކުގެ ދެކޮޅު ޓިކެޓު 137 ޑޮލަރަށް ވިއްކާ ޚާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމައިފި އެވެ.

ނޮވެމްބަރު ހަތްވަނަ ދުވަހުން ފެށިގެން ފަށާ މި ޕްރޮމޯޝަނުގައި، ކޮލޮމްބޯއާ މާލެއާ ދެމެދު ދެކޮޅު ޓިކެޓު، ސްރީލަންކަން އެއާލައިންސްއިން 137 ޑޮލަރުގެ އަގުން ފެށިގެން ވިއްކާނެ އެވެ.

އެހެން ނަމަވެސް މި އަގުގައި ދަތުރުކުރެވޭނީ ވަކި ފްލައިޓުތަކެއްގަ އެވެ.

އެއީ ހޯމް، ބުރާސްފަތި އަދި ހޮނިހިރު ދުވަސްތަކުގައި، މާލެއިން ކޮލޮމްބޯއަށް ހެނދުނު ދަތުރުކުރާ ފްލައިޓު ޔޫއެލް 102 އާއި، މެންދުރު ފަހު ދަތުރުކުރާ ޔޫއެލް 115ގައެވެ. އަދި ކޮލޮމްބޯއިން މާލެއަށް މެންދުރު ދަތުރުކުރާ ޔޫއެލް 115 އާއި އިރުއޮއްސުމަށް ފަހު ދަތުރުކުރާ ޔޫއެލް 103 އަދި ރޭގަނޑު ދަތުރުކުރާ ޔޫއެލް 109ގައި އެކަންޏެވެ.

ސްރީލަންކަން އެއާލައިންސްއިން މައުލޫމާތު ދޭ ގޮތުގައި، މި ޚާއްސަ އަގުގައި ޓިކެޓު ވިއްކުމާއި އަދި ދަތުރުތައް ވެސް ފަށާނީ ނޮވެމްބަރު ހަތްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މި ފެއާ ހުއްޓާލާނެ ތާރީޚެއް ބަޔާންކޮށްފައެއް ނުވެ އެވެ.

ސްރީލަންކަން އިން ބުނީ، މި ފެއާގައި ޓިކެޓު ރިޒަވޭޝަން ހަދަން ޖެހޭނީ، ދަތުރުކުރަން ބޭނުންވާ ތާރީޚުގެ މަދުވެގެން ފަސް ދުވަސް ކުރިން ކަމަށެވެ.

ސްރީލަންކަންއަކީ ރާއްޖެއަށް އެންމެ ފްރީކުއެންޓްކޮށް ދަތުރުކުރާ ބައިނަލްއަގުވާމީ އެއާލައިނެވެ. ސްރީލަންކަންއިން މާލެއާ ކޮލޮމްބޯއާ ދެމެދު ދުވާލަކު ހަތަރު ދަތުރު ބާއްވާ އިރު، އަންނަ ނޮވެމްބަރު މަހު އެ އެއާލައިނުން އައްޑޫ ސިޓީގެ ގަމަށް ވެސް ދަތުރުކުރަން ފަށާނެ އެވެ. އައްޑޫއަށް ސްރީލަންކަންގެ ހަތަރު ފްލައިޓު ކޮންމެ ހަފްތާއަކު ދަތުރުކުރާނެ އެވެ.

ސްރީލަންކާގެ ބަޖެޓު އެއަލައިން މިހިން ލަންކާ ހުއްޓާލުމާ ގުޅިގެން ސްރީލަންކަންއިން ވަނީ އެ އެއާލައިންގެ އޮޕަރޭޝަންތައް ވަރަށް ބޮޑަށް ފުޅާ ކޮށްފަ އެވެ. އެގޮތުން، ސްރީލަންކަންއިން ވަނީ އޮޕަރޭޓުކުރަން ފަށާފަ އެވެ.

މީގެ އިތުރުން މިހިން ހުއްޓާލުމާ ގުޅިގެން މާލެ ފަދަ، މިހިން ވެސް ކުރިން ދަތުރުކުރި މަންޒިލުތަކުގެ ފަސިންޖަރުންގެ ޑިމާންޑާ އެއްވަރަށް ސްރީލަންކަންއިން ކޭޓަރ ނުކޮށްދެވޭ ނަމަ، އެ އެއާލައިންގެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.