05 Nov 2016, 11:13
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން(އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން އަލީ ފަޔާޒް ހޯދައިފި އެވެ.
ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން އަލީ ފަޔާޒް ހޯދީ، އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލުގައި އިބްރާހިމް ހަނީފްގެ މައްޗަށް 6-9 ފްރޭމް އިން ކުރި ހޯދައިގެންނެވެ.
އެ މުބާރާތުގެ ރަނަރަޕްކަން ހަނީފް ހޯދި އިރު، ތިން ވަނަ ހޯދާފައި ވަނީ އަހުސަން ހާޝިމް އެވެ. އެންމެ ގިނަ ރަންއައުޓް ޖެހި ކުޅުންތެރިޔަކަށް ރާއްޖޭގެ އެއް ވަނަ ބިލިއާޑް ކުޅުންތެރިޔާ މުހައްމަދު ޝަރީފް ހޮވުނު އިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އަބްދުﷲ މުލައިލް މުހައްމަދެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގައި ޖުމްލަ 64 ކުޅުންތެރިން ވާދަކޮށްފައިވެ އެވެ. އެއީ ރޭންކިންގެ އެންމެ ކުރީގައި ހިމެނޭ 32 ކުޅުންތެރިންނާއި ކޮލިފައިން ކުޅެ، މުބާރާތުން ޖާގަ ހޯދި 32 ކުޅުންތެރިންނެވެ. އެ މުބާރާތް ކުރިއަށްދިޔައީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.