ސެމްސަންގުން އެމެރިކާ އަށް ވިއްކި އެކުންފުނީގެ ދޮންނަ މެޝިނުގެ ތެރެއިން 2.8 މިލިއަން ދޮންނަ މެޝިން އަނބުރާ ހޯދައިފި އެވެ.

ސެމްސަންގުން އެދޮންނަ މެޝިންތައް އަނބުރާ ހޯދާފައި ވަނީ މެޝިން ބޭނުން ކުރަމުން ދަނިކޮށް އޭގެ ދޮރު ކުއްލިއަކަށް ނެއްޓޭ މައްސަލައަކާ ގުޅިގެންނެވެ. މެޝިން މާބޮޑަށް ވައިބުރޭޓުުވާ ކަމަށާއި އޭގެ ދޮރު ނެއްޓޭ ކަމަށް ބުނެ 773 ޝަކުވާއެއް ކޮށްފައިވާ އިރު އޭގެ ސަބަބުން އަނިޔާވި ކަމަށް ބުނެ ނުވަ މީހަކު ރިޕޯޓުކޮށްފައިވާ ކަމަށްވެ އެވެ.

ސެމްސަންގުން ބުނި ގޮތުގައި އެކުންފުނިން މާޗް 2011 އާއި ނޮވެމްބަރު 2016އާ ދެމެދު އުފެއްދި 34 މޮޑެލެއްގެ މެޝިނުގައި މައްސަލަ ހުރެ ދާނެ އެވެ. އެދޮންނަ މެޝިންތައް އަނބުރާ ހޯދާކަން އިއުލާން ކުރަމުން ސެމްސަންގުން ބުނި ގޮތުގައި މެޝިން މާބޮޑަށް ވައިބުރޭޓު ވާން ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި "ބެޑްޝީޓު، ވޯޓާ ރެޒިޒްޓެންޓު ނުވަތަ ބަރު ތަކެތި" ހައި ސްޕީޑުގައި ދޮންނަން ޖެއްސުން ހިމެނެ އެވެ.

ނަމަވެސް ސެމްސަންގު ދޮންނަ މެޝިން ގަން ބައެއް ފަރާތްތަކުން ވަނީ އެމެޝިންތައް ކަމަށް ބުނެ ސެމްސަންގާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.

ސެމްސަންގުން ވަނީ އެމެޝިންތަކުގެ ސަބަބުން ދިމާވެދާނެ މައްސަލަތައް ކުޑަ ކުރުމަށްޓަކައި އެކުންފުނިން ދަނީ އެމެރިކާގެ ކޮންޒިއުމާ ޕްރޮޑަކްޓް ސޭފްޓީ ކޮމިޝަނާ އެކު މަސައްކަތް ކުރަމުން ކަމަށާއި އެފަދަ މެޝިންތައް ބޭނުން ކުރާ ފަރާތްތަކުން އަމަލު ކުރަންވީ ގޮތް ބުނެދޭނެ ކަމަށް ބުނެފަ އެވެ.

ސެމްސަންގުގެ ބައެއް ދޮންނަ މެޝިންތައް އަނބުރާ ހޯދާފައި ވަނީ އެކުންފުނިން އެންމެ ފަހުން ނެރުނު ނޯޓް 7ގެ ބެޓެރީގައި ދޮން ބޮޑުވެ އަލިފާން ރޯވާ މައްސަލަ ހައްލު ނުވެގެން އެފޯނު ވިއްކުމާއި ވަނިކޮށެވެ. (ބީބީސީ)