ޝަންހާއީ(ނޮވެމްބަރު 5): މިއަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕުގައި ތަށި ގެންދާނެ ޓީމެއް، ކާމިޔާބު ކަމާ އެކު ލަފާކުރި ޗައިނާގެ "ރާމާމަކުނު ރަސްގެފާނު" ނިންމި ގޮތުގައި މިއަހަރު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޑޮނަލްޑް ޓްރަމްޕް ކަމަށް ޗައިނާގެ ފަތުރުވެރިންގެ ޕާކަކުން ބުނެފިއެވެ.

ޝިޔަންހޫ އިކޮލޮޖިކަލް ޓޫރިޒަމް ޕާކުން ބުނި ގޮތުގައި "ގެޑާ"ގެ ނަން ދީފައިވާ އެ ރާމާމަކުނު، ޓްރަމްޕް ޚިޔާރު ކޮށްފައި ވަނީ އޭތީގެ ދެ ފަރާތުގައި ހިލަރީ ކްލިންޓަން އާއި ޓްރަމްޕްގެ ބޮޑު ދެ ފޮޓޯ ބެހެއްޓުމުންނެވެ. އެ ދެފޮޓޯ ބެހެއްޓުމުން ރާމާމަކުނު ވަނީ ދުވެފައި ގޮސް ޓްރަމްޕްގެ ފޮޓޯގައި ބޮސްދީފައި ކަމަށް ޝިޔަންހޫގެ ޕާކުން ބުންޏެވެ.

ޝިޔަންހޫ ޕާކުގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ ޖުލައި މަހު އެ ރާމާކުނު ވަނީ ޔޫރޯ 2016 ކާމިޔާބު ކުރާނީ ޕޯޗުގަލް ކަމަށް ލަފާކޮށްފައެވެ. (އޭއެފްޕީ)