ރާއްޖޭގައި އުފެއްދޭނީ ހަމައެކަނި 94،000 ވަޒީފާ ނޫން ކަމަށާއި، އެ އަދަދަށް ވުރެ އިތުރަށް ވެސް ވަޒީފާ އުފެއްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަތީ 94،000 ވަޒީފާ އުފައްދަވާނެ ކަމުގެ ވައުދާ އެކުގައެވެ.

ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސް ޔާމީނަށް ތާއީދުކުރާ ރައީސް ޔާމީންގެ ފެކްޝަނުން މިރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ 94،000 އަށް ވުރެ ގިނަ ވަޒީފާ އުފެއްދޭނެ ކަމަށެވެ.

"ރާއްޖޭގައި އޭރު އަޅުގަނޑު ދެންނެވީ 94،000 ވަޒީފާ އުފެއްދޭނެއޭ. ނޫން. އެއަށް ވުރެ މާ ގިނަ ވަޒީފާ އުފެއްދޭނެ ކަމަށް މިހާރު އެބަ ދައްކާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ހިއްކަމުންދާ ރަށްތަކާއި ފަޅުތަކާއި، އެހެނިހެން މަޝްރޫއުތަކާ އެކު އެތައް ހާސް ވަޒީފާއެއް އުފެދޭނެ ކަމަށެވެ.

"މި އުފެދޭ ބޮޑެތި ރަށްތައް އުފެދިގެން، ބޮޑެތި ފަޅުތައް ހިކިގެން މި އަންނަނީ. އެއާޕޯޓު، ބިޔަ ބޮޑު އެއާޕޯޓަކަށް ވީމަ އުފެދޭ އެތައް ހާސް ވަޒީފާއަކާ އެކީ ދިވެހިރާއްޖޭގެ ވަޒީފާ އާބާދީ ބޮޑުވާނީ 94،000 އިންނެއް ނޫން. އެއަށް ވުރެ މާ ގިނަ އަދަދުން އިތުރުވެގެން ދާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭރުގެ ފަރާތްތަކުގެ ރާއްޖޭއަށް ޝައުގުވެރިކަން ދޭކަން އެނގޭ ކަމަށާއި، ރާއްޖޭގައި ސިޔާސީ މައްސަލަތަކެއް ހުރިއިރުވެސް ފަތުރުވެރިންނާއި އިންވެސްޓަރުން އަންނަ އަދަދު މަދު ނުވާ ކަމަށެވެ.

"އިންވެސްޓަރުންގެ ޝައުގުވެރިކަމަށް ބަދަލެއް ނާދޭ. އާ ބޭންކުތައް ހުޅުވެމުންދަނީ. އާ ބޮޑެތި މަޝްރޫއުތައް ފެށެނީ. ލޯ މަތީގައި މިކަންކަން ފެންނަމުން މި ދަނީ. ދުވަހަކުވެސް އަޅުގަނޑުމެންގެ ޚިޔާލަށް ނުގެނެވޭނެހާ ބޮޑެތި މެގްނިޓިއުޑުގެ މަސައްކަތް ކުރެވެނީ. އެއީ ރާއްޖޭގައި ދިރުމެއް އޮތުމުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތަކުގެ ސަބަބުން އިތުރު ވަޒީފާތައް އުފެދެމުންދާ ކަމާއި، އުފެދޭނެކަން އެކި ފަރާތްތަކުން އިއުލާން ކުރަމުންނެވެ. އެގޮތުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވަނީ އިއުލާން ކުރައްވައިފައެވެ.

އަދި އަންނަ އަހަރު ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެފައިވެއެވެ.