04 Nov 2016, 20:06
މެންޗަސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ މައްސަލަ ޖެހި ސްކޮޑުން ބާކީ ކޮށްފައިވާ ޔާޔާ ޓޫރޭ އެންމެ ފަހުން މައާފަށް އެދިއްޖެއެވެ.
ޓޫރޭ މައާފަށް އެދިފައިމިވަނީ އޭނާގެ އެޖެންޓް ގާޑިއޯލާއަށް ނިސްބަތްކޮށް ދެއްކި ވާހަކަ ތަކެއްގެ ސަބަބުން ޓީމުން ޖާގަ ބޭނުން ނަމަ މައާފަށް އެދުމަށް ގާޑިއޯލާ ބުނެފައިވަނިކޮށެވެ.
އުމުރުން 33 އަހަރުގެ ޓޫރޭ ބުނީ އޭނާއާއި އޭނާ ތަމްސީލް ކުރި އެއްވެސް ފަރާތަކުން ގޯސްކޮށް އެއްވެސް ވާހަކައެއް ދެއްކިފައިވާ ނަމަ މައާފަށް އެދޭ ކަމަށާއި ސީޓީއާއި އެކު ކާމިޔާބީ ހޯދުމަށް އޭނާ ބޭނުންވާ ކަމަށެވެ.
"އަހަރެން ނޯއްނާނެ އެއްވެސް އިރެއްގައި ސިޓީއަށް ގެއްލުންވާ ގޮތަށް ވާހަކައެއް ދައްކާފައެއް. އަދި އަހަރެންގެ ނަމުގައި އެހެން ފަރާތަކުން އެކަން ކޮށްފައިވާނަމަ މައާފަށް އެދެން،" ޓޫރޭ ބުންޏެވެ.
ބާސެލޯނާއަށް ކުޅުމަށް ފަހު ގާޑިއޯލާގެ ކޯޗު ކަމުގައި 2010 ވަނަ އަހަރު ސިޓީއަށް ވިއްކާލި ޓޫރޭ ވަނީ އެޓީމްގައި މޮޅު ކުޅުމެއްދައްކާފައެވެ. ނަމަވެސް މި ފަހުން އޭނާގެ ކުޅުން ވަނީ ދަށްވެފައެވެ. އެގޮތުން މި ސީޒަނުގެ ލީގްގައި ސިޓީގައި ހިމެނިގެން ޓޫރޭ ކުޅެފައިވަނީ އެންމެ މެޗެކެވެ. އަދި ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުން ވެސް ޖާގަ ނުދިނުމުން ޓޫރޭގެ އެޖެންޓް ވަނީ ގާޑިއޯލާއަށް ފާޑުކިޔައި މީޑިއާގައި ވާހަކަ ދައްކާފައެވެ.