ހީޓް ހެލްތު އެންޑް ފިޓްނަސްގެ މެންބަރުންނަށް ހުޅުވާލައިގެން ބާއްވާ ތިން ވަނަ ހީޓް ހޭންޑްބޯޅަ މުބާރާތް ފަށައިފި އެވެ.

ހީޓް ހޭންޑްބޯޅަ މުބާރާތް އިއްޔެ މާފަންނު ސްޓޭޑިއަމްގައި ފެށިގެންދިޔަ އިރު، އެ މުބާރާތުގެ ފަސް މެޗެއް އިއްޔެ ކުޅެފައިވެ އެވެ.

އިއްޔެ ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ފަޔާބޯލް އާއި އެވެންޖާސް އެވެ. އެ މެޗު 2-8 ލަނޑުން ކާމިޔާބުކޮށްފައި ވަނީ އެވެންޖާސް އެވެ. ދެ މެޗުގައި ޝަފްލާސް އަތުން 10-7 ލަނޑުން އެޓޭކާސް މޮޅުވި އިރު، ތިން ވަނަ މެޗުގައި ފަޔާބޯލް އަތުން ޖިމް360 މޮޅުވެފައި ވަނީ 5-1 ލަނޑުންނެވެ.

މުބާރާތުގެ ހަތަރު ވަނަ މެޗުގައި އެވެންޖާސް އަތުން 5-4 ލަނޑުން ޝަފްލާ މޮޅުވެފައިވާ އިރު، އިއްޔެ ކުޅުނު ފަހު މެޗުގައި ބައްދަލުކޮށްފައި ވަނީ ޖިމް360 އާއި އެޓޭކާސް އެވެ. އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި އަންހެން ހަ ޓީމަކާއި ފިރިހެން ދެ ޓީމެއް ވާދަކުރެ އެވެ.