ް ކުރުމާ ގުޅިގެން އުރީދޫއިން ޕްރޮމޯޝަނަލް ގިގް ނައިޓެއް ބާއްވައިފިއެވެ.

މި ހަރަކާތް އޮތީ މިރޭ ސީ ހައުސްގައެވެ. އެ ރެސްޓޯރެންޓުގައި ބޭއްވި މި ގިގް ނައިޓުގައި ޕާފޯމްކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ އިކުއެޓިކް ވައިބް އިންނެވެ.

އުރީދޫން ހަންގާމާ ޕްރޯ އެޕް ރާއްޖެއަށް ތައާރަފް ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އުރީދޫން ބުނީ ހަންގާމާ ޕްރޯއަށް އަޕްގްރޭޑް ކުރެއްވުމާ އެކު، ހައި ކޮލިޓީގައި އެތައް މިލިއަން އޯޑިއޯއެއް ޑައުންލޯޑް ކުރުމުގެ ފުރުސަތު ލިބި، އެންމެ ކަމުދާ ލަވަތައް އޮފްލައިންކޮށްވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހަންގާމާ މިއުޒިކް ޕްރޯ އެޕްގެ ރާއްޖެއަށް ތައާރަފް ކުރުމާ ގުޅިގެން ސީހައުސްގައި އުރީދޫއިން ބޭއްވި ޕްރޮމޯޝަނަލް ގިގް ނައިޓްގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެއްވެސް އިސްތިހާރެއް ނުވަތަ މެދުކެނޑުމަކާ ނުލައި، މިއުޒިކް އަޑުއަހާލުމުގެ ފަސޭހަކަން ހަންގާމާ ޕްރޯއިން ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް، ހަންގާމާ ޕްރޯ ފަސޭހަކަމާ އެކު ތަޖުރިބާކުރުމުގެ ފުރުސަތު ލިބި، ބޮލީވުޑް އަދި އިންޓަނޭޝަނަލް ޗާޓުތަކުން ހޮވާލެވިފައިވާ 3.5 މިލިއަންއަށް ވުރެ ގިނަ ލަވަ އަޑު އަހައި، އެ ލަވަތައް ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި އެޕަށް ސަބްސްކްރައިބް ކުރުމަށް ތިން ޕެކޭޖެއްވެސް އުރީދޫން ވަނީ ތައާރަފްކޮަށްފައެވެ. އެއީ ޑެއިލީ، ވީކްލީ އަދި މަންތްލީ ޕެކޭޖުތަކެކެވެ.