03 Nov 2016, 18:50
ރާއްޖޭގެ އަމިއްލަ ބައިނަލްއަގުވާމީ އެއާލައިން، މެގަ މޯލްޑިވްސްއިން ސްރީލަންކާގެ ކޮލޮމްބޯއަށް ކުރާ ޝެޑިއުލްޑް ދަތުރުތައް ފަށައި، އޭގެ ފުރަތަމަ ދަތުރު ފުރިހަމަކޮށްފިއެވެ.
ދަތުރުތައް ފަށާނެކަން އިއުލާންކުރީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.
މެގަ މޯލްޑިވްސްއިން ކޮލޮމްބޯއަށް ދަތުރުކުރާ ފުރަތަމަ ފްލައިޓުގައި މިއަދު މާލެއިން ކޮލޮމްބޯއަށް 272 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ.
އަދި އެ ފްލައިޓު ކޮލޮމްބޯއިން އެނބުރި މާލެއަށް މިއަދު އައިސްފައި ވަނީ 176 ފަސިންޖަރުންނާ އެކުގައެވެ.
ސްރީލަންކާގެ ކޮލޮމްބޯއަކީ މެގަ މޯލްޑިވްސްއިން މިއަހަރު ދަތުރުތައް ފަށާފައިވާ، މުޅިން އާ މަންޒިލެކެވެ.
މެގަ މޯލްޑިވްސްއިން ކޮންމެ ހަފްތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކޮލޮމްބޯއާ މާލެއާ ދެމެދު ދަތުރުކުރާނެއެވެ.
ކޮލޮމްބޯއަކީ، މާލެއިން އެންމެ ގިނަ އެއާލައިން ދަތުރުކުރާ ބައިނަލްއަގުވާމީ މަންޒިލެވެ. މާލެއާ ކޮލޮމްބޯއާ ދެމެދު ދަތުރުކުރާ ފްލައިޓުތަކުގެ ތެރޭގައި ސްރީލަންކަން އެއާލައިންސް، ކޮރެއަން އެއާ، އެމިރޭޓްސް، ފްލައި ދުބާއީ، ޓާކިޝް އެއާލައިންސް ފަދަ އެއާލައިންތައް ހިމެނެއެވެ.
މެގަ މޯލްޑިވްސްއިން ކޮލޮމްބޯއަށް ދަތުރު ފެށުމަކީ، ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވެގެން ދާނެ ކަމެކެވެ. ސްރީލަންކާގެ ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެގައުމަށް ވަނީ ޒިޔާރަތް ކޮށްފައެވެ.
މެގައިން މި މަހުގެ ތެރޭގައި އިންޑިއާގެ ނިއު ދިއްލީއަށް ވެސް ސީދާ ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖެއާ ޗައިނާއާ އެންމެ ފުޅާ ދާއިރާއެއްގައި ގުޅުވައިދޭ މެގައިން ވަނީ، ޗައިނާ މާކެޓު ދަށްވެ އެކުންފުންޏަށް ދިމާވި މާލީ މައްސަލަތަކަކާ ގުޅިގެން، އެކުންފުނީގެ 120 ވަރަކަށް އެވެ.
އެހެން ނަމަވެސް ކޮލޮމްބޯއާއި ނިއު ދިއްލީ ފަދަ، މާކެޓު ބޮޑު ބައެއް މަންޒިލުތަކަށް އެކުންފުނީގެ އުދުހުންތައް ފެށުމަށް ނިންމައި، މެގައިން ދަނީ ދިމާވި މާލީ މައްސަލަތަކުން އަރައިގަންނަމުންނެވެ.
މީގެ އިތުރުން މެގައިން ދަނީ، އިންޑިއާގެ މުމްބާއީއާއި، މެލޭޝިއާގެ ކުއާލަ ލަމްޕޫރާއި، ސައުދީ އަރަބިއްޔާގެ ޖިއްދާއާއި މަދީނާއަށް މަސައްކަތް ކުރަމުންނެވެ.
މެގަ މޯލްޑިވްސްއިން އިއްޔެ ބުނެފައިވާ ގޮތުގައި، އެކުންފުނީގެ ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ 80 ޕަސަންޓަށް މިހާރު ވަނީ އަލުން ވަޒީފާ އިޔާދަ ކޮށްދީފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން، ކަނޑާލި އެންމެންނަށް ވަޒީފާ އަލުން އިޔާދަ ކޮށްދޭނެ ކަމަށް މެގައިން ބުންޏެވެ.