03 Nov 2016, 18:54
އެސްޓީއޯ ސުޕަމާޓުން އިމްޕޯޓުކުރާ ތުރުކީގެ "އަންކާރާ" ބްރޭންޑްގެ ޕާސްތާ ޕްރޮމޯޓު ކުރުމުގެ މަގްސަދުގައި މާދަމާ ރޭ ބޭއްވުމަށް ހަމަޖެއްސި "އަންކާރާ ނައިޓް" ޕާސްތާ ޖާފަތް، ހޮނިހިރު ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.
އެސްޓީއޯ ސުޕަމާޓުން ވިއްކާ "އަންކާރާ" ބްރޭންޑުގެ ބްރޭންޑް މެނޭޖަރު ފާތިމަތު ފަނާޒާ "ސަން" އަށް ވިދާޅުވީ، ބައެއް ސަބަބުތަކާ ހެދި އަންކާރާ ނައިޓު ހޮނިހިރު ދުވަހުގެ ރެއަށް ފަސްކުރީ ކަމަށެވެ.
އެހެން ނަމަވެސް، ބަދަލުވެފައިވަނީ ހަމައެކަނި ތާރީޚު ކަމަށާއި، ހަރަކާތް އޮންނާނީ ކުރިން ވެސް ރާވާފައި އޮތް ގޮތަށް ރޭގަނޑު 8:00 އިން 10:00 އަށް، އާޓިފިޝަލް ބީޗުގައި ކަމަށް އެސްޓީއޯއިން ބުނެއެވެ.
ފަނާޒާ ވިދާޅުވީ، އެ ހަރަކާތް ކުރިޔަށް ދާނީ ބިދަބިން ބޮޑުބެރު ގްރޫޕުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކުގައި ކަމާށެވެ.
އެސްޓީއޯގެ އަންކާރާ ނައިޓް ބާއްވަނީ ބުރުޒު ކޭޓަރިންގްއާ ގުޅިގެންނެވެ.
އަންކާރާ ނައިޓުގެ ހަރަކާތަކީ އާންމުންނަށް ހުޅުވާލައިގެން ގެންދާ ހަރަކާތެއް ކަމަށާއި އަންކާރާ ޕާސްތާގެ ރަހަތައް ހިލޭ ބަލާލުމުގެ ފުރުސަތު ލިބޭ އިރު، ޕާސްތާ ހަދާ މަންޒަރު ލައިވް ކުކިންގްގެ ގޮތުގައި ވެސް ބަލާލުމުގެ ފުރުސަތު މި ހަރަކާތުން ފަހިވާނެއެވެ.
ފަނާޒާ ވިދާޅުވީ، "އަންކާރާ ނައިޓް"ގެ ހަރަކާތުގެ ތެރޭގައި، އެތަނަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ވެސް ގުޅިއަކުން ގަނޑުކޮޅެއް ނަގައިގެން، އެސްޓީއޯ ސުޕަމާޓުން ވިއްކާ ކޮންމެވެސް ޕްރޮޑަކްޓެއް އިނާމެއްގެ ގޮތުގައި ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ސުޕަމާޓުން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ. އަންކާރާ ޕާ ބްރޭންޑްގެސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖުގެ ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ސުޕަމާޓުން ލިބެން ހުރެއެވެ.