03 Nov 2016, 11:06
ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއެކު ރެއާލް މެޑްރިޑްގެ ރެކޯޑެއް ވޭލްސް ތަރި ގެރެތު ބޭލް ހަދައިފި އެވެ.
ރޭގެ މެޗުގައި ބޭލް ކާމިޔާބުކުރި ލަނޑާއެކު މިހާރު އޭނާ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ރެއާލަށް އެންމެ އަވަސް ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.
ރަށުން ބޭރުގައި ރޭ ޕޮލެންޑްގެ ލެގާ ވޯސޯއާ ދެކޮޅަށް ކުޅުނު މެޗުގެ 57 ވަނަ ސިކުންތުގައި ރޮނާލްޑޯ ދިން ބޯޅައަކުން ބޭލްގެ ފަރާތުން ރީތި ލަނޑެއް ފެނިގެންދިޔަ އެވެ. އެ މެޗުގެ ކުރީކޮޅުގައި ރެއާލުން ލަނޑެއް ޖެހި ނަމަވެސް، މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
ޗެމްޕިއަންސް ލީގުގައި ޖެހި އެންމެ އަވަސް ލަނޑަކީ ރެއާލްގެ ކޮޅަށް ވަދެފައިވާ ލަނޑެކެވެ. އެ ލަނޑަކީ 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބަޔާން މިއުނިކްގެ ރޯއީ މަކާއީ ކާމިޔާބުކުރި ލަނޑެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައި ވަނީ މެޗުގެ ދިހަ ވަނަ ސިކުންތުގައެވެ.